ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-C/327/2022/88
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 24 އޭޕްރިލް 2022 13:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ހައުސިންގް ޔުނިޓްތަކުގެ މެއިންޓަނަންސް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން

 

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ހައުސިންގް ޔުނިޓްތަކުގެ 04 އެއްމެދު އިމާރާތުގެ މެއިންޓަނަންސް ކޮންޓްރެކްޓް އުޞޫލުން 01 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑްގައި ބައިވެރިވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ޑޮކިއުމަންޓްސް ދޫކުރުން

މިއިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް 13 އޭޕްރިލް 2022 ވަނަ ދުވަހުން ފެށިގެން 24އޭޕްރިލް 2022 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުން އީމެއިލް މެދުވެރިކޮށް ލިބެންހުންނާނެއެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ. ބިޑްގަތުމަށްޓަކައި ނައިފަރު ކައުންސިލްގެ ބަޖެޓް ޔުނިޓްގެ ވައިބަރ ނަންބަރު 7988627 އަށް ޑިޕޮސިޓް ސްލިޕާއިއެކު ބިޑް ގަންނަ ފަރާތުގެ މަޢުލޫމާތު ފޮނުއްވުން އެދެމެވެ. ވިޔަފާރިއެއް ނަމަ، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ ނަން ހިއްސާކުރަންވާނެއެވެ.

އެކައުންޓް ނަންބަރު: 7705700335001

އެކައުންޓް ނަން: 1370 ރެވެނިއު 1

 

ޕްރީބިޑް މީޓިންގ

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ބިޑާއި ގުޅޭ މަޢުލޫމާތުތައް މަޢުލޫމާތު ކަރުދާހުގައި ހިމެނޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެލައްވާނަމަ 6620068 އާއި ގުޅުއްވައިގެން އަދި [email protected] މި އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރައްވަމުން ގެންދެވުން އެދެމެވެ.

 

ބިޑް އޯޕަން މީޓިންގ

އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 24 އޭޕްރިލް 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގެ މީޓިން ރޫމްގައެވެ. ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ނަމަ ސިޓީ އުރާގެ ބޭރުގައި "ނައިފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހައުސިން ޔުނިޓްތަކުގެ މެއިންޓަނަންސް ބަލަހައްޓާނެ ފަރާތެއް ހޯދުން" ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލްތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

 

13 އޭޕްރިލް 2022