ދެންނެވުން
ނަންބަރު: (IUL)415-CAF/415/2022/39
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:05
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ތިނަދޫގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ޖޫރިމަނާ ހިސާބު ކުރުމާއި ގުޅޭ

އިޢުލާން

ގދ.ތިނަދޫގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ޖޫރިމަނާ ހިސާބު ކުރުމާއި ގުޅޭ

                  ތިނަދޫގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް ޖޫރިމަނާ ހިސާބުކުރުމުގައި އެކަން އޮންނަންވާ އުޞޫލުގެ މަތީން ކުރުމަށްޓަކައި 01 މެއި 2022 އިން ފެށިގެން މިދެންނެވި ޖޫރިމަނާތައް ނަގަމުންދާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރ 220-NTR/415/2022/1 (05 ޖެނުއަރީ 2022) ސިޓީއަށް ރިޢާޔަތްކޮށް ތިނަދޫ ކައުންސިލްގެ ނަމްބަރ TND/NMN-4DR-36/2022/25 ނިންމުމުން، 04 މާރިޗު 2022 ވަނަ ދުވަހު ބޭއްވުނު ތިނަދޫ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 36 ވަނަ ރަސްމީ ބައްދަލުވުމުން ފާސްކޮށްފައިވާތީ، އެކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. އަދި  01 މެއި 2022 އިން ފެށިގެން ހުރިހާ ކުލީ ބިންތަކަށް ޖޫރިމަނާ ހިސާބު ކުރެވޭނީ އެއް އުޞޫލަކުން ކަމުގައި ދަންނަވަމެވެ.  އެގޮތުން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ބިމުކުލި ޖޫރިމަނާ ހިސާބު ކުރުމާއި ގުޅޭ މަޢުލޫމާތު ހިމެނިފައިވާ ލިޔުންތައް މިމުއްދަތުގައި ޙިއްސާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

08 މާރިޗު 2022