ދިވެހިރާއްޖެ
އިޢުލާން
ތުލުސްދޫގެ ވޮލީ ކޯރޓްގައި ރޮސްޓްރޮމްއެއް އަޅައިދޭނޭ ފަރާތެއްހޯދުން.
މިކައުންސިލުންދޭ މައުލޫމާތުތަކަށް ބިނާކޮށް ކ. ތުލުސްދޫގައި ތުލުސްދޫގެ ވޮލީ ކޯރޓްގައި ރޮސްޓްރޮމްއެއް އަޅައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތްކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 އޭޕްރިލް 18 ވަނަ ދުވަހު 13:00 ގެ ކުރިން މިއިދާރާގެ ފޯނު ނަންބަރު 6640183 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާ އީމެއިލް ([email protected]) އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތު ސާފުކުރެއްވުމަށް 2022 އޭޕްރިލް 18 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 އޭޕްރިލް 21 ވަނަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.