ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2022/31
އިޢުލާން
ހަނިމާދޫ ކާނޭޝަންމަގުގެ އުތުރުން ރަންވޭމަގުގެ އިރުން ހިމެނޭ ސަރަޙައްދު ސާފުކުރުމަށް ރުއްގަސް ނެގުން.
މިރަށު ކާނޭޝަންމަގުން އުތުރުން ރަންވޭމަގުގެ އިރުން ހިމެނޭ ސަރަޙައްދުގައި ވަގުތީ ކުނިކޮށްޓަކާއި، ދަނޑުވެރިންގެ ދަނޑުބިންތަކާއި، މި ސަރަޙައްދުގައި ހަދާ މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، އެސަރަޙައްދުގައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މިލްކުވެރިކަން ސާބިތު ކުރާލިޔުން ނުވަތަ ހަނިމާދޫ އޮފީހުން ނުވަތަ ހަނިމާދޫ ކައުންސިލުން ރުއްގަސް އިންދުމަށް ދޫކުރެވިފައިވާ ހުއްދަ ހޯދާފައިވާނަމަ އެލިޔުން 15 މޭ 2022 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުވުމަށް އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި ހުށަހަޅާފައިނުވާ ރުއް ގަހާއިމެދު އަމަލުކުރާނީ ޤާނޫނު ނަންބަރު: 98/21 މީހުން ދިރިއުޅޭ ރަށްރަށުގައި ރުއްގަސް އިންދުމާއިބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އެފަދަ ރުއްގަހުގެ ވެރިފަރާތެއްނެތް ކަމަށް ބަލައި އެސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިއިދާރާއިން ކުރާނެ ކަމުގައި އަންގާ އިޢުލާން ކުރީމެވެ.
12 ރަމަޟާން 1443
13 އޭޕްރިލް 2022