ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2022/37
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:33
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިއްލަދޫގެ ލޭންޑް ޔޫސްޕްލޭން އަށް ހިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

ފިއްލަދޫގެ ލޭންޑް ޔޫސްޕްލޭން އާއިގުޅޭ.

                 ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރެވިފައި މިވަނީ ރަށުގެ ރައްޔިތުންނާއި މަޝްވަރާކުރެވި، ރަށަށް އެންމެ ބޭނުންވާ ހިދުމަތްތަކާއި ހައްލުކުރަން ބޭނުންވާ ބިމާއި ގުޅުންހުރި މައްސަލަތައް ދެނެގަނެ، ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއިބެހޭ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގެ ރައްޔިތުންނާއި ތިމާވެއްޓަށް ގެއްލުންނުވާނެ ގޮތްތަކަށް ވިސްނައިގެންނެވެ. މިގޮތުން ޕްލޭން ތައްޔާރުކުރުމުގައި ބަލާފައިވާނެ ބައެއް ކަންތައްތައް؛

-          މީހުން ދިރިއުޅޭ ރަށެއްގެ ބިނާވެށި ޕްލޭން ކުރުމުގެ ކުރިން އެންމެ މުހިއްމު އެއްކަމެއްގޮތުންގައި ބަލަންޖެހޭނީ ރަށުގެ ހޭޅިފަށަކީ ހިމާޔަތް ކުރެވިފައިވާ ތަނެއްކަމެވެ. މިގޮތުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން ޒޯން (އީ.ޕީ.ޒެޑް) ނުވަތަ ތިމާވެށި ހިމާޔަތްކުރާ ސަރަހައްދެއްގެގޮތުގައި 20 މީޓަރުގެ ފުޅާ ސަރަހައްދެއް ކަނޑައެޅިފައިވާނެއެވެ.

-          ބޯހިޔާވެހިކަމަށް ގޯތިދިނުމަށާއި ހައުސިންގ ޔުނިޓް އެޅުމަށް ބިން ކަނޑައެޅިފައިވާނެއެވެ.

-          އިޖްތިމާއީ އަދި މަރުކަޒީ ބޭނުންތަކަށް ބިން ކަނޑައެޅުން. މިގޮތުން ސުކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އިތުރު ސުކޫލެއް އެޅުމަށް ވެސް ބިން ކަނޑައެޅިފައިވާނެއެވެ.

-          ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކަށް ބިން ކަނޑައެޅުން. މި ގޮތުން ރަށުގައި ސްޕޯޓްސް އެރީނާއެއް އެޅުމަށާއި އެކި އުމުރުގެ މީހުންނަށް ބޭނުންކުރެވޭ ގޮތައް މީހުން އެއްވެއުޅުމަށް ޕާރކްތައް ހެދުމަށް ސަރަހައްދުތަކެއް ކަނޑައެޅިފައިވާނެއެވެ.

-          ޔުޓިލިޓީ އަދި އާންމު ޚިދުމަތްތައް ދިނުމަށް ބިންކަނޑައެޅުން. މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މިފަދަ ހިދުމަތްދޭ ތަންތަން ހުރުމަކީ ރައްކާތެރިކަމަކަށް ނުވާތީވެ، މި ޕްލޭންގައި މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުން މިފަދަ ހިދުމަތްތައް ދިނުމަށް ބިން ކަނޑައެޅިފައިވާނެއެވެ.

-          މުސްތަޤުބަލުގައި ރަށެއް ތަރައްޤީވަމުން އަންނައިރު އެރަށެއްގަ ދިރިއުޅޭ މީހުން ވިޔަފާރި ކުރުމަށްޓަކައި ބިންތަކެއް ކަނޑައެޅުމަކީ މުހިއްމު ކަމެއްކަމަށް ފެނެއެވެ. އެހެންކަމުން ބަނދަރު ސަރަހައްދުންނާއި އަދި ރަށުގެ ބައެއް އެހެނިހެން ސަރަހައްދުތަކުން ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރިތައް ކުރުމަށް ބިންތަކެއް ވާނީ ކަނޑައަޅާފައެވެ.

-          ރާއްޖޭގެ ބިނާވެށި ޤަވާއިދުގެ ދަށުން ސިނާއީ ސަރަހައްދުތައް ކަނޑައެޅިފައި ހުންނަންވާނީ މީހުން ދިރިއުޅޭ ސަރަހައްދާއި ވަކިންނެވެ. އެހެންކަމުން މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުން ސްލިޕްވޭ ހެދުމަށާއި އޮޑިދޯނިފަހަރު އެހެލާ މަރާމާތުކުރުމަށް ފަދަ ކަންކަމަށް ބިންކަނޑައެޅިފައިވާނެއެވެ. މީގެ އިތުރުން ކުދި ވޯކްސޮޕްތަކާއި ގުދަންކުރުމަށްޓަކައި ބިން ކަނޑައެޅިފައިވާނެއެވެ.

-          ރަށުގެ ރައްޔިތުންގެ އެދުމަކީ ކައިރި މުސްތަޤުބަލުގައި މިރަށަކީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް ތަރައްޤީވެފައިވާ ރަށަކަށް ވެގެން ދިއުން ކަމުގައިވާތީ، ފަތުވެރިކަމުގެ ހިދުމަތައް ބޭނުންވާ ތަފާތު ވިޔަފާރިތަކަށް ބިން ދޫކުރުމަށް ހާއްސަ ޒޯންއެއް މި ޕްލޭންގައި ކަނޑައެޅިފައިވާނެއެވެ.

 

 

             އެހެންކަމުން 30 މާރިޗް 2022 ވަނަ ދުވަހު ބޭއްވުނު ރައްޔިތު ބައްދަލުވުމުގައި ހުށަހަޅާފައިވާ ރަށުގެ ލޭންޑް ޔޫސްޕްލޭންއާއި ގުޅޭގޮތުން އެއްވެސް ހިޔާލެއް ވާނަމަ 7 ދުވަހުގެ ތެރޭގައި އެކަން ފާހަގަކޮށް މިކައުންސިލްގެ މެއިލް [email protected]  އަށް ނުވަތަ ލިޔުމަކުން މިކައުންސިލްއަށް ހުށަހެޅުންވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އިޢުލާންކުރީމެވެ.

13 އޭޕްރިލް 2022