މަސައްކަތް
ނަންބަރު: (IUL)248-ED/248/2022/36
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 21 އޭޕްރިލް 2022 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުކޮނުން

    މަގުތައް ދިއްލުމަށް ޖަހާފައިވާ މަގު ބައްތިތަކުގެ ހަލާކުވެފައިވާ ކޭބަލް ބަދަލުކުރުމަށް މަގު ކޮނެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

    ވީމާ، މިމަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކުން 14 އެޕްރީލް 2022 އިން 21 އެޕްރީލް 2022 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 28 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ 

    މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް މަގުކޮނުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.

    މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 އޭޕްރިލް 2022