ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުސަތު
މި އިދާރާއަށް މަސައްކަތު މީހަކު ބޭނުންވެގެން ކުރެވުނު ނަމްބަރ: (A)-413/2014/49 އިޢުލާން ބާތިލްކޮށް އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޤާމް: މަސައްކަތު
ރޭންކް: އެސް. އެސް 1
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
އޮފީސް / އިދާރާ: ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރންޖެހޭ ތަން: ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ
މުސާރަ: 3100.00 ރުފިޔާ
ސަރވިސް އެލަވަންސް: 1000.00 ރުފިޔާ
ބޭނުންވާ ޢަދަދު: 01
ތަޢުލީމާއި ތަޖްރިބާ:
ލިޔަން ކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކައުންސިލް އިދާރާގެ ތަޅުމާއި، ފަރުނީޗަރތަކާއި، މެޝިނަރީތައް ސާފްކުރުން.
- ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކައުންސިލް އިދާރާގެ ފާޚާނާތަކާއި، ގިފިލި ސާފުކުރުން.
- ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހަރު ކައުންސިލް އިދާރާގެ ގޯތީގެ ކުރިމައްޗާއި، ކުރިމަތީ މަގު ސާފްކުރުން.
- ކޮންމެ ދުވަހަކު ކައުންސިލް އިދާރާގައި ހުންނަ ކުނި ވަށިގަނޑުތައް ހުސްކުރުން.
- ކޮންމެ ދުވަހަކު ކައުންސިލް އިދާރާގެ އައިސް އަލަމާރިއަށް ފެންލުމާއި، ކައުންސިލް އިދާރާގެ ވެރިންނަށް ފެން ގެންގޮސް ދިނުމާއި، އައިސް އަލަމާރި ސާފްތާހިރުކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހަކުވެސް ކައުންސިލް އިދާރާގެ ސައިކޮޓަރީގެ އިންތިޒާމްތައް ސާފްތާހިރުކޮށް ތަރުތީބުން ބެލެހެއްޓުން.
- ކޮންމެ ދުވަހަކުވެސް ކައުންސިލް އިދާރާއިން އަންގަން ޙަވާލުކުރާ އެންގުންތައް މީހުންނަށް އަންގައި، ކައުންސިލް އިދާރާއިން ފޮނުވާތަކެތި އެތަކެތި ލިބެންވީފަރާތާ ޙަވާލުކުރުން.
- މަދުވެގެން ހަފްތާއަކު އެއްފަހަރު ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށާ ސާފްކުރުމާއި، ގޯތިތެރެ ސާފްކޮށް ތަރުތީބުން ބޭއްވުން.
- މަދުވެގެން ހަފްތާއަކު އެއްފަހަރު ކައުންސިލް އިދާރާގެ ފާރުތަކާއި، ދޮރާއި، ސީލިންގާއި، ބިއްލޫރިތަކާއި، ފަންކާއާއި، ހޮޅިބުރިފަދަ ތަކެތި ސާފްކޮށް ބެލެހެއްޓުން.
- މަދުވެގެން މަހަކު އެއްފަހަރު ކައުންސިލުން އަންގާ ގޮތެއްގެމަތިން ކައުންސިލް އިދާރާގެ އޭ. ސީ ސާފްކޮށް ބެލެހެއްޓުން.
- މަދުވެގެން ހަފްތާއަކު 1 ފަހަރު ކުނި އުކާލަންޖެހޭ ސަރަހައްދަށް ކުނި އުކާލުން.
- މަދުވެގެން މަހަކު 1 ފަހަރު ކައުންސިލް އިދާރާގެ ގިފިލިވަޅު ދިޔަހިއްކުން.
- މަދުވެގެން މަހަކު 1 ފަހަރު ކައުންސިލް އިދާރާގެ ފުރާޅާއި ދިޔަދޮވި ސާފްކޮށް ބެލެހެއްޓުމާއި، ސާފް ބޯފެން ނެގޭނެ އިންތިޒާމް ހަމަޖެއްސުން.
- މަދުވެގެން މަހަކު 1 ފަހަރު ތާނގީ އެތެރެ ޗެކްކޮށް ސާފްކުރަން ޖެހޭނަމަ ސާފްކޮށް ބެލެހެއްޓުން.
- މަދުވެގެން ކޮންމެ 6 މަހުން 1 ފަހަރު ތާނގީދޮވެ ސާފްކުރުން.
- ކައުންސިލް އިދާރާގެ ގުދަންތައް ބެލެހެއްޓުމާއި، ގުދަނަށް ވައްދަންޖެހޭތަކެތި ވައްދައި، ނެރެންޖެހޭތަކެތި ނެރެ އެކަމާއިބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
- ކައުންސިލް އިދާރާ ޒިންމާވާގޮތަށް ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުންގެ ފޮށިފަދަ ތަކެތި ގެންދަންޖެހޭ ތަނަކަށް ގެންދިޔުމާއި، އެތަކެތި އެތަންތަނުން ބަނދަރަށް ގެންދިޔުން.
- ކުރަންޖެހޭ މަސައްކަތާއި ގުޅިގެން ޙަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ކައުންސިލް އިދާރާގެ ގޯތިތެރެއާއި، ކައުންސިލް އިދާރާގެ ވަށަައިގެނވާމަގުގެ 2/1 ބައި ސާފުކޮށް އަބަދަުވެސް ބޭއްވުން.
- ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތު ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:
ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުންފެށިގެން ރަސްމީ 07 ދުވަހުގެ ތެރޭ އިންޓަވިއު އޮންނާނެތަނާއި ގަޑި ޝަރުޠުހަމަވާ ފަރާތްތަކަށް މިއިދާރާގެ ފަރާތުން އަންގާނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް އެދި ސިވިސް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރުއްވާ ހުށަހަޅުއްވާނީ 18 ސެޕްޓެމްބަރ 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ގއ. ގެމަނަފުށީ ކައުންސިލް އިދާރާއަށެވެ.
އުޖޫރައާއި އިނާޔަތް:
- ސިވިސް ސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ގެމަނަފުށީ ކައުންސިލް އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ. )
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ )
- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭން ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި، އީމެއިލް އެޑްރެހާއެކު )
- ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7787371 ނަމްބަރު ފޯނަށެވެ.
09 ޛުލްޤަޢިދާ 1435