މުބާރާތް
ނަންބަރު: (IUL)416-ESMPL/416/2022/43
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 18 އޭޕްރިލް 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތް

މިކަމާއި ގުޅޭގޮތުން ކުރެވުނު މިއިދާރާގެ ނަމަބްރ (IUL)416-ESMPL/416/2022/37 (21 މާރޗް 2022) އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން ލޯގޯ ހުށަހަޅާފައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

 

މަޑަވެލި ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތް

 

     މަޑަވެލި ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ހުށަހެޅޭ ޑިޒައިންތަކުން އެއްވަނައަށް ހޮވޭ ޑިޒައިންއަކަށް -/3000ރ (ތިންހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

 

ވަގުތު

ދުވަސް

ތާރީޚް

 

13:00

ހޯމަ

18 އޭޕްރީލް 2022

ޑިޒައިން ހުށަހެޅުން

 ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ވަގުތުގެކުރިން ޑިޒައިން ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތާއި ބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެއްކަރުދާސްކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މަޑަވެލި ކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުމުން މަޢުލޫމާތު މެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

10 އޭޕްރިލް 2022