މަސައްކަތް
ނަންބަރު: (IUL) 201-B/1/2022/10
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 21 އޭޕްރިލް 2022 14:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ލައިސަންސް ކަވަރ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ލައިސަންސް ކަވަރ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:   

މި އޮތޯރިޓީގެ އިޢުލާން ނަމްބަރ (IUL)201-B/1/2022/7 (29 މާރިޗު 2022) ގައި މި އޮތޯރިޓީއަށް ބޭނުންވާ ލައިސަންސް ކަވަރ ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި އޮތޯރިޓީއަށް ބޭނުންވާ ލައިސަންސް ކަވަރ ހަދައިދޭނެ ފަރާތް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައި ބަޔާންކުރެވިފައިވާ ގަޑިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން (އޮތޯރިޓީގެ (ވެލާނާގެ 2 ވަނަ ފަންގިފިލާ) މީޓިން ރޫމް)

21 އޭޕްރިލް 2022 ވާ ބުރާސްފަތި

14:00

މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3027200 / 3027201 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ނުވަތަ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ.

12 އޭޕްރިލް 2022

12 އޭޕްރިލް 2022