ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-BCC/HUB/2022/02
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 21 އޭޕްރިލް 2022 12:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސްޓީއޯ އެލައިޑް ބިލްޑިންގގައި ހުޅުވުމަށް ނިންމާފައިވާ "އެސްއެމްއީ ހަބް"ގެ ފޮތް ފިހާރައިގައި ފޮތް ވިއްކުމުގެ ފުރުސަތު ހުޅުވާލުން

އިއުލާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މިއަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމާފައިވާ "އެސްއެމްއީ ހަބް"ގެ ފޮތް ފިހާރައިގައި ފޮތް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. ބީސީސީއިން މިފަދަ ހަބެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރައްވާ ބޭފުޅުންނަށް މާކެޓް އެކްސެސް ހޯދައިދީ، އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.

އެގޮތުން ޗާންދަނީ މަގުގައި ހުންނަ އެލައިޑް ބިލްޑިންގގައި ހުޅުވުމަށް ނިންމާފައިވާ މި ހަބުގެ ގްރައުންޑް ފްލޯގައި ހުޅުވުމަށް ހަމަޖެހިފައިވާ ފޮތް ފިހާރައިގެ އެންމެ މައިގަނޑު މަޤްސަދަކީ މިފަދައިން ދިވެހި ލިޔުންތެރީންނަށް ފޮތް ވިއްކުމުގެ ފުރުސަތު ފަހި ކޮށްދީ، މާކެޓް އެކްސެސް ހޯދައިދިނުމެވެ. 

މި ފޮތް ފިހާރައިގައި ފޮތް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނުގައިވާ ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހަޅުއްވާނީ އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ ބީސީސީގެ މައި އޮފީސް، އޯކިޑް މަގު، މ. ކަނީރުވިލާގެ ފުރަތަމަ ފަންގިފިލާ އަށެވެ. އިތުރު މައުލޫމާތު މި އިޢުލާނާއިއެކު ހުށަހެޅިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން އަދި [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމާ ހަމައަށެވެ.

12 އޭޕްރިލް 2022