ޢާންމު މަޢުލޫމާތު
ނަންބަރު: Q/2022/01
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:41
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި ބޭނުންތަކަށް ފުވައްމުލަކުން ބިން ދޫކުރުމުގެޤަވާއިދަށް ހުށަހެޅޭ އެއްވަނަ އިސްލާޙު

ތިރީގައި މިވާގޮތަށް 3 ވަނަ މާއްދާގެ ހ އަށް ނަންބަރެއް އިތުރުކުރުން.

 ބިން ދޫކުރުން 3. (ހ) މިޤަވާޢިދުގެ ދަށުން ބިން ދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ބޭނުންތަކަށެވެ.

      6- ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުން.

 

ތިރީގައި މިވާގޮތަށް 3 ވަނަ މާއްދާގެ ހ އިސްލާޙު ކުރުން.

ބިން ދޫކުރުން 3. (ހ) މިޤަވާޢިދުގެ ދަށުން ބިން ދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ބޭނުންތަކަށް، އެކަމަކާ ގުޅޭގޮތުން ކައުންސިލުން ފާސްކުރާ ވަކި އުޞޫލެއްގެ ދަށުންނެވެ.

02 ފެބުރުވަރީ 2022