މަސައްކަތް
ނަންބަރު: (IUL)228-DG/228/2022/21
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 12 އޭޕްރިލް 2022 22:00
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.އަތޮޅުކައުންސިލް އިދާރައިގެ ގޯތިތެރޭގައި އޮތް ހުސްބިމުގައި އަޅަން ފަށާފައިވާ 2 ބުރި އިމާރާތުގެ ނުނިމި ހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ބާޠިލްކުރުން.

ނ. އަތޮޅު ކައުންސިލް އިދާރައިގެ ގޯތިތެރޭގައި އޮތް ހުސްބިމުގައި އަޅަން ފަށައިފައިވާ 2 ބުރި އިމާރާތުގެ ނުނިމި ހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ބާޠިލްކުރުމާއި ގުޅޭ:

 

މިކައުންސިލްގެ އިދާރާއިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ނ. އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި އޮތް ހުސްބިމުގައި އަޅަން ފަށައިފައިވާ 2 ބުރި އިމާރާތުގެ ނުނިމި ހުރި ބައެއް

މަސައްކަތްތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް 24 މާރޗް 2022 ވަނަ ދުވަހު މި އިދާރާއިން ކުރި ނަންބަރު: (IUL)228-DG/228/2022/17 އިޢުލާން ބާޠިލްކޮށްފީމެވެ.

މި އިޢުލާން ބާތިލްކުރެވިފައި ވަނީ އިމާރާތު ކުރެހުމަށާއި އަދި ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ކައުންސިލްއިން ބޭނުންވާތީ ކަމުގައި ދަންނަވަމެވެ.

11 އޭޕްރިލް 2022