ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
12 އެޕްރީލް 2022
|
ނަންބަރު:
|
(IUL)168-CA/1/2022/33
|
އިންވެސްޓިގޭޝަން ޑިޕާޓްމަންޓް
|
މަޤާމު:
|
ސެކްރެޓަރީ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/7,600 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ރަސްމީ ގަޑި:
|
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް
|
ޝަރުޠު:
|
- ދަށްވެގެން ޖީ.ސީ.އީ އޭ ލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ޑޭޓާ ބޭސް ބެލެހެއްޓުން. މިގޮތުން މައްސަލަ ޑިޕާޓްމަންޓަށް ލިބުމުން އެމައްސަލައިގެ މަޢުލޫމާތު އެންޓަރ ކުރުމާއި، އެމައްސަލައާ ގުޅޭގޮތުން އެކި އިދާރާތަކަށް ފޮނުވާ ސިޓީތަކާއި ކޮމިޝަނަށް ލިބޭ ސިޓީތަކުގެ މަޢުލޫމާތު ޑޭޓާ ބޭސް އަށް އެންޓަރ ކުރުން.
- ޑިޕާޓްމަންޓަށް އަންނަ ފޯން ކޯލްތަކަށް ޖަވާބު ދިނުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުމުގައި ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނަށް އެހީތެރިވެދިނިން.
- ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެންނާއި، އިންސާނީ ޙައްޤެއް ގެއްލިގެން ނުވަތަ ގެއްލިދާނެ ކަމަށް ހީވާ ހާލަތްތަކުގައާއި މުޒާހަރާ މޮނިޓަރ ކުރަންޖެހޭ ހާލަތްތަކުގައި ފީލްޑް މޮނިޓަރިންގ ގައި ބައިވެރިވުން.
- ކޮމިޝަނަށް ހުށަހެޅޭ ކުށުގެ ރެކޯޑް ފޯމުތައް ބަލާޗެކްކޮށް ދުވަހުން ދުވަހަށް ކަނޑައެޅިފައިވާ ގަޑިއަށް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްއާއި ޙަވާލުކުރުން.
- ޑިޕާޓްމަންޓްގެ ދުވަހު ޔައުމިއްޔާ ލިޔެ، ކަމާބެހޭ ޑިޕާޓްމަންޓަށް ފޮނުވައި މިޔައުމިއްޔާތައް ފައިލްކުރުން.
- ޑިޕާޓްމަންޓް މީޓިންގތަކުގެ ޔައުމިއްޔާ ލިޔެ މިޔައުމިއްޔާތައް ފައިލްކުރުން.
- މާސްޓަރ ފައިލްގައި ފައިލްކުރަންޖެހޭ ސިޓީތައް ފައިލްކުރުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު ބެލެހެއްޓުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ އެޖެންޑާ ތައްޔާރުކުރުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ވީކްލީ ރިޕޯޓް ތައްޔާރުކުރުން.
- ޑިޕާޓްމަންޓްގެ ލީވް ޕްލޭން ބެލެހެއްޓުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ޖޯގްރަފިކަލް މެޕިންގް ބަލަހައްޓާ ، ކޮންމެ މަހަކު އޭގެ ރިޕޯޓް ތައްޔާރުކުރުން.
- ޑިޕާޓްމަންޓްގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
- ޑިޕާޓްމަންޓުން ބަލާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި މައްސަލަ ރައްދުވާ ފަރާތްތަކާއި އަދި އެ މައްސަލަތަކާ ގުޅޭ އޯޑިއޯ ވީޑިއޯ އެކުލެވޭ ބޭޑޭޓާބޭސްއެއް ތައްޔާރުކޮށް ބެލެހެއްޓުން.
- ޑިޕާޓްމަންޓުން ބަލާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި މައްސަލަ ރައްދުވާ ފަރާތްތަކުގެ ބަޔާންނެގުމުގައި އެހީތެރިވެދިނުން.
- ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅިގެން ނެގޭ ބަޔާންތައް ޓައިޕްކޮށް ބަޔާންދޭ ފަރާތްތައް ލައްވާ ސޮއިކުރުވުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅިގެން ރާވާ ދަތުރުތަކާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން
- ޑިޕާޓްމަންޓުން ބަލާ މައްސަލަތަކާ ގުޅިގެން ކުރަން ހުންނަ އިދާރީ މަސައްކަތްތައް ކުރުން.
- މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
- ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
- މައްސަލަ ހުށަހަޅާ ފަރާތްތަކަށް ފޮނުވަންޖެހޭ ޖަވާބު ތައްޔާރުކުރުމުން އެޖަވާބުތައް ފޮނުވުން. އަދި ޕޯސްޓް ކުރުމަށް ފުރަންޖެހޭ ފޯމު (ފާސްޓް ޕޯސްޓް ފޯމާއި ކްރެޑިޓް ފޯމު) ފުރައި، އެސިޓީތައް ފޮނުވުން.
- މައްސަލަ ހުށަހަޅާ ފަރާތްތަކަށް ފޮނުވާ ޖަވާބުތަކުގެ ތެރެއިން އެފަރާތްތަކަށް ރައްދުނުވެ އަނބުރާ އަންނަ ޖަވާބުތަކުގެ ވެރިފަރާތަށް ގުޅައި އެފަރާތްތަކަށް އެޖަވާބު ރައްދުކުރެވޭނޭގޮތެއް ހޯދައި ރައްދުކުރުން.
- ޑިރެކްޓަރގެ ފަރާތުން ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް މެމޯގެ ޒަރިއްޔާއިން އަންގަންޖެހޭ ކަންތައްތަކަށް ބޭނުންވާ މެމޯ ތައްޔާރުކޮށް މުވައްޒަފުންނާ ހަވާލުކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
- ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
|
ސުންގަޑި:
|
2022 އެޕްރީލް 25 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
|
އެހެނިހެން:
|
- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
- މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
- އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.
|