ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 21 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި، މ.ހަޒާރުމާގެ، ފަރީދީމަގު، 5 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 15 މޭ 2022 ވާ އާދީއްތަ ދުވަހުގެ ހެދުނު 11:00 ގައި، މ.ހަޒާރުމާގެ، ފަރީދީމަގު، 5 ވަނަ ފަންގިފިލާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3033410 ނަންބަރު ފޯނަށެވެ. އަދި އީމެއިލުން ނަމަ [email protected]; އަށެވެ.