ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2022/14
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 21 އޭޕްރިލް 2022 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022 ގައި ބައިވެރިވުމާއި ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

        ފިތުރު އީދުގެ މުނާސަބަތާގުޅިގެން ދ. ބަނޑިދޫގެ ދެޖިންސްގެ ޒުވާނުންގެ މެދުގައި ފުޓްސަލް ކުޅުމުގެ ފޯރި އިތުރުކުރުމާއި އެކުވެރި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި ބަނޑިދޫއިން ހުނަރުވެރި މޮޅު ފުޓްސަލް ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ ބަނޑިދޫ ކައުންސިލް ފުޓްސެލް މުބާރާތް 2022 މިއަންނަ އެޕްރީލް 29 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި 2 މުބާރާތުގައި ބައިވެރިވެވޭނީ ދ. ބަނޑިދޫއަށް ނިސްބަތްވާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށާއި އާންމު ފަރުދުން އެކުލަވާލާ ޓީމްތަކާއި އަދި ބަނޑިދޫ ކައުންސިލުން ދައުވަތު ދެއްވައިގެން ބައިވެރިވާ ޓީމްތަކަށެވެ.

        މި 2 މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ޓީމް ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް ފުރުއްވުމަށްފަހު ހުށައެޅުވުން އެދެމެވެ. ފޯމް ހުށައަޅާނީ ފޯމްގައިވާ މައުލޫމާތު ފުރިހަމަކުރުމަށް ފަހު 21 އެޕްރީލް 2022 ވަނަ ދުވަހު އޮފީސް ބަންދު ވުމުގެ ކުރިންނެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުވުމަށްފަހު 25 އެޕްރީލް 2022  ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. ޓީމް ރަޖިސްޓްރީކުރަން އެދޭ ފޯމާއި ކުޅުންތެރިންނާއި އޮފިސަލުން ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް އަދި މުބާރާތުގެ ހިންގާ ޤަވާއިދު  މިއިދާރާގެ ކައުންޓަރުން އަދި މި އިދާރާގެ ފޭސްބުކް ޕޭޖުން ލިބެންހުންނާނެވާހަކަ ދެންނެވީމެވެ.

       މި 2 މުބާރާތް ސްޕޮންސަރ ކުރުމަށް އެދޭ ފަރާތްތަކުން 21 އެޕްރީލް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީ އަކުން އެދި ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގެ ޓައިޓަލު ދެވޭނީ އެންމެ ދަށްވެގެން 10000ރ  ހުށަހަޅާ ފަރާތަކަށްށެވެ. މުބާރާތުގެ ކޯ ސްޕޮންސާރުންގެ ގޮތުގައި އެކި ދާއިރާތައް ވަކިވަކިން ހުށައެޅިދާނެއެވެ.

        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

12 އޭޕްރިލް 2022