ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)434-PRC/434/2022/86
ޕަބްލިޝްކުރި ތާރީޚް: 11 އެޕްރީލް 2022
ޕަބްލިޝްކުރި ގަޑި: 22:53
ސުންގަޑި: 20 އެޕްރީލް 2022 11:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީގެ ލެބޯޓްރީއަށް 6 (ހައެއް) މަސް ދުވަހަށް ބޭނުންވާ 12،000 (ބާރަ ހާސް) މަލްޓި ޑްރަގް ވަން ސެޓެޕް ޓެސްޓިންގ ކިޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

 ނަންބަރު: IUL)434-PRC/434/2022/86) 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މިއެޖެންސީގެ ލެބޯޓްރީއަށް 6 (ހައެއް) މަސް ދުވަހަށް ބޭނުންވާ 12،000 (ބާރަ ހާސް)  މަލްޓި ޑްރަގް ވަން ސެޓެޕް  ޓެސްޓިންގ ކިޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަހުގައި އޭޖެންސީއަށް ( މ.ސީޓްރެކް ބިލްޑިންގް / 03 ވަނަ ފަންގިފިލާ / ބޮޑުތަކުރުފާނުމަގު) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

20 އޭޕްރީލް 2022 (ބުދަ)

11:00 (މެންދުރުކުރި)

މާލެ – މި އޭޖެންސީ (މ.ސީޓްރެކް ބިލްޑިންގް / 03 ވަނަ ފަންގިފިލާ / ބޮޑުތަކުރުފާނުމަގު)

 

               މި އިއުލާނާއެކު މިމަސައްކަތުގެ މައުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

11 އެޕްރީލް 2022