ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2022/75
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 28 އޭޕްރިލް 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނގޮޅިތީމު ކައުންސިލްގެ ލޯގޯ ފަރުމާކުރުން

އިޢުލާން

އަނގޮޅިތީމު ކައުންސިލްގެ ލޯގޯ ފަރުމާކުރުން

މިކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 3000.00ރ (ތިންހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ.

ލޯގޯ ފަރުމާ ކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް

  1. ފަރުމާ ކުރެވޭ ލޯގޯ އަކީ އަނގޮޅިތީމު ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން އަނގޮޅިތީމަށް ޙާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވުން.
  2. ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
  3. ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެންނުވާނެއެވެ.
  4. ލޯގޯ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރަންވާނީ ފެހިކުލައެވެ. އޭގެ އިތުރުން އިތުރު 2 ކުލަ ބޭނުންކުރެވިދާނެއެވެ.
  5. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ލެޓަރހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ، ޔުނީފޯމް އަދި ވެބްސައިޓް ޕޭޖް ފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.
  6. ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
  7. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ dpi600 ނުވަތަ އެއަށްވުރެ މައްޗެވެ.

ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ މަޢުލޫމާތު

  1. ލޯގޯގެ PSD، PNG އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.
  2. ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10MB އަށްވުރެ އިތުރުވެގެންނުވާނެއެވެ.
  3. ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.
  4. ލޯގޯގެ ކުލަ ސޮފްޓް ކޮޕީ، ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައި
  5. ލޯގޯ ހުށަހަޅާފަރާތުގެ އިތުރު ހުއްދައަކާއިނުލައި ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް
  6. ލޯގޯ ހުށަހެޅި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ފޯން ނަންބަރު
  7. ލޯގޯއިން ރަމްޒުކުރާ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން
  8. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯއެވެ.
  9. ލޯގޯ ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ

މާކްސް ދެވޭގޮތުގެ ތަފްސީލް:

  1. ލޯގޯ ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
  2. ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.
  3. ރ. އަނގޮޅިތީމު ރަމްޒުކޮށްދޭ މިންވަރު.
  4. ލޯގޯ ފަރުމާތަކަށް އިންސާފުކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކޮށް މިކަމަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން.
  5. ކައުންސިލްގެ ލޯގޯ ހޮވުމުގައި ހުށަހެޅޭ ލޯގޯތަކުން ސޯޓްލިސްޓް ކުރެވޭ 5 (ފަހެއް) ލޯގޯ ކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕްގައި ރައްޔިތުންގެ ޚިޔާލަށް ހުޅުވައިލެވޭނެއެވެ. ރައްޔިތުންގެ ވޯޓުން ލޯގޯ އިޚްތިޔާކުރުމަށް ކަނޑައެޅޭ މިންވަރު ނިންމާނީ އިންސާފުކުރުމަށް އެކުލަވާލެވޭ ކޮމެޓީއިންނެވެ.
  6. 6.      މާރކްސް ދެވޭނެ މިންގަނޑު

މާރކްސް ދެވޭ ބައިތަކާއި މިންގަނޑުތައް

ކަނޑައެޅިފައިވާ ޕަސެންޓޭޖް

ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު

35

އުފެންދުންތެރިކަމާއި މަސައްކަތްތެރިކަން

20

އަމިއްލަވަންތަކަން

15

އަނގޮޅިތީމު ސިފަކޮށްދީފައިވާ މިންވަރު

30

 

އިތުރު މައުލޫމާތު

މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯގެ ސޮފްޓް ކޮޕީ އަދި އިޢުތިރާޒެއް ނެތްކަން ބަޔާންކޮށްފައިވާ ސިޓީއާއި އެހެނިހެން ލިޔުންތައް 2022 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ މިއިދާރާގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

10 ރަމަޟާން 1443

11 އެޕްރީލް  2022

11 އޭޕްރިލް 2022