ނީލަން
ނަންބަރު: 200-VTR/IU/2022/12
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 19 އޭޕްރިލް 2022 13:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ނީލަން ކިޔުމާބެހޭ

މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 19 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި ބުރުޒު މަގުގައި ހުންނަ މި އޮފީހުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މި ޓުރައިބިއުނަލަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ކުންފުނި ނުވަތަ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހިފައިގެން 19 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް މި ޓުރައިބިއުނަލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11 އޭޕްރިލް 2022