ކުއްޔަށް ހިފުން
ނަންބަރު: (IUL)100-CA1/1/2014/22
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 14 ސެޕްޓެންބަރު 2014 14:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޮނޑި މޭޒު ކުއްޔަށް ހިފުމަށް

ބޯހިމެނުން 2014 ގެ މަސައްކަތަށް ބޭނުންވާ ގޮނޑި، މޭޒު ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

މިހިނގާ ސެޕްޓެންބަރުމަހުގެ 20 ން 27 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަސައްކަތް ހިންގާ މަރުކަޒަށް ބޭނުންވާ، ތިރީގައި މިދަންނަވާ ތަކެތި ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

-  900 މޭޒު (4 ފޫޓު xފ2 ފޫޓު )

1700 ޕްލާސްޓިކް ގޮނޑި

ވީމާ, މިތަކެތި ކުއްޔަށް ދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރުމަހުގެ 14 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މިއޮފީސް ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިނގަމުންދާ އިމާރާތް (ޓީ-ބިލްޑިންގ)ގައި ކަމުގައި ދެންނެވީމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މިއޮފީހުގެ ފޯން ނަންބަރު 3349397/ 3349200 އަށް ގުޅުއްވުން އެދެމެވެ.

8 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014