ބީލަން
ނަންބަރު: GS38/2022/06
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 18 އޭޕްރިލް 2022 13:00
ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
އިޢުލާން

 

މި ސްކޫލުގެ މުވައްޒަފުން ބޭނުންކުރުމަށް 2 ފާޚާނާ ހެދުން.  

            މި ސްކޫލުގެ މުވައްޒަފުން ބޭނުންކުރުމަށް އަމިއްލަ ތަކެތީގައި 2 (ދޭއް) ފާޚާނާ ހަދައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

            މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަސްމީ ގަޑީގައި މި ސްކޫލަށް ވަޑައިގެން ނުވަތަ ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރަށް ( 6700026 ) ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށްވެސް ނަން ނޯޓްކުރުމަށް ހުށަހެޅޭނެއެވެ. މި އިދާރާގެ އީމެއިލް އެޑްރެހަކީ: [email protected] އެވެ.

             މި ބީލަމުގައި ބައިވެރިވެވޭނީ ، ޤާނޫނު ނަންބަރު 18/2014 ( ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: 19/2014 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

              ނަން ނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 12 އޭޕްރީލް 2022 އިން 18 އޭޕްރީލް 2022އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން 13:00އާއި ހަމައަށެވެ.  ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓްކުރާ ފަރާތްތަކަށެވެ.

             ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

 

             މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 19 އޭޕްރީލް 2022 ވާ އަންގާރަ ދުވަހު 11:00ގައި މި ސްކޫލުގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

            ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.

              މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

 

               މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

               ބީލަން ހުށަހެޅުން އޮންނާނީ 21 އޭޕްރީލް 2022 ވަނަ ދުވަހު 11:00ގައި މި ސްކޫލުގައެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ތާރީޚް، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައިއޮންނަންވާނެއެވެ.

                ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރަށް (6700026) ގުޅުއްވައިގެން ލިބިވަޑައިގަންނަވާނެކަމުގައި ދަންނަވަމެވެ. 

                 މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

11 އޭޕްރިލް 2022