ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލުގެ އިދާރާ ހިންގަމުންގެންދާ އިމާރާތުގެ އެތެރެއާއި، ގޯތިތެރެގައި ސެކިޔުރިޓީ ކެމެރާ ވިއުގައެއް ޤާއިމުކުރުމަށްޓަކައި އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ އަގުގެ އަންދާސީހިސާބެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި އިޢުލާނާއެކު މިވާ ފޮޓޯގައިވާ ކެމެރާ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެވޭނޭ ފަރާތްތަކުން އެމަސައްކަތް ކޮށްދޭނޭ އަގުގެ އަންދާސީހިސާބު 23 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 11:30 އަށް ކަމަދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 15 ސެޕްޓެންބަރު 2014 ވާ (ހޯމަ) ދުވަހުގެ 10:30 ގައި ކަމަދޫ ކައުންސިލުގެ އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ފޯނުންނަމަ ބަންދުނޫން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން މިއިދާރާގެ ފޯން ނަންބަރާ ގުޅުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބާއި، އީމެއިލް މެދުވެރިކޮށް ފޮނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބުން އެނގެން ބޭނުންވާނެ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ތަކެތި:
1. މަސައްކަތް ކޮށްދެވޭނެ އެންމެ ކުޑައަގު.
2. މަސައްކަތް ފަށާ ނިންމާނެ ތާރީޚު.
3. ވޮރަންޓީގެ މުއްދަތު.
4. މިފަދަ މަސައްކަތްތަކުގެ މީގެ ކުރީގެ ތަޖުރިބާ.
5. އަމިއްލަ ފަރާތަކުން ހުށަހަޅާނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ.
6. ކުންފުޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ.
އަންދާސީހިސާބަށް މާކްސް ދެވޭނެ މިންގަނޑުތައް:
ދާއިރާ |
މާކްސް ދެވޭނެގޮތް |
ތަފުސީލު |
ފޯމިއުލަރ |
އަގު |
80% |
ޚިދުމަތުގެ އަގަށް ދެވޭ މާކްސް. މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ. |
(Benchmark Price/Submitted Price)x Allocate percentage |
މުއްދަތު |
މުއްދަތަށް ދެވޭ މާކްސް. މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓިރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ. |
(Benchmark days/Submitted number of days)x Allocate percentage |
|
ވޮރަންޓީ |
ވޮރަންޓީއަށް ދެވޭ މާކްސް. މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ވޮރަންޓީގެ ގޮތުގައި ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނާ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތަކަށެވެ. |
(Benchmark Term/Submitted Term)x Allocate percentage |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.