މަސައްކަތް
ނަންބަރު: (IUL)10-F/1/2014/106
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި:
11 ސެޕްޓެންބަރު 2014 11:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ޣާޒީ ބިލްޑިންގުން ލިބިފައިވާ ބައިގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ޣާޒީ ބިލްޑިންގުން ލިބިފައިވާ ބައިގެ ތިރީގައި މި ދަންނަވާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިހާރު ހުރި ޕާޓްޝަންތައް ނެއްޓުން
- ޕާޓިޝަން ޖެހުން
- ސީލިންގ މަރާމާތުގެ މަސައްކަތް
- ތަޅުމުގެ މަރާމާތުގެ މަސައްކަތް
- އިލެކްޓްރިކް މަސައްކަތް
- އޭ. ސީ ހަރުކުރުމުގެ މަސައްކަތް
- ނެޓްވާރކް އެޅުމުގެ މަސައްކަތް
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
08 ޛުލްޤަޢިދާ 1435
03 ސެޕްޓެންބަރު 2014