ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)397-AS/397/2022/28
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:29
ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާބައިދޫ ބަނދަރު ބޭނުންކުރުމާއި ގުޅޭ

މިފަހަކަށް އައިސް ބަނދަރު ބޭނުންކުރައްވާ އެކިއެކި ފަރާތްތަކުން ބަނދަރުގެ ބޭނުން ކުރުމަށް މިކައުންސިލުން ހަދާފައިވާ ޢާންމު ޤަވައިދުތަކާއި އުޞޫލުތަކާއި ޚިލާފަށް ބަނދަރުގެ ބޭނުން ކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިޤަވައިދުތަކާއި އުޞޫލުތަކާއި ޚިލާފަށް ކަންކަން ކުރުމުން މިރަށުގެ ޢާންމު ރައްޔިތުންނާއި މިބަނދަރު ބޭނުންކުރައްވާ އެހެނިހެން ފަރާތްތަކަށް ތަކުލީފު ފޯރައި އެކަމުގެ ޝަކުވާ މިކައުންސިލަށް އެކިފަހަރުމަތިންވަނީ ހުށައަޅާފައެވެ. ދަންނަވަމެވެ، މިފަދަ ޤަވައިދުތަކާއި އުޞޫލުތައް ހެދިފައިވަނީ މިރަށުގެ ލޮބުވެތި ރައްޔިތުންނާއި މި ބަނދަރު ބޭނުންކުރައްވާ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ބަނދަރު ބޭނުންކުރެވޭނެ ފުރުޞަތު ފަހިކޮއްދިނުމުގެ މަޤުސަދުގައެވެ. ވީމާ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ހެދިފައިވާ މިފަދަ ޤަވައިދުތަކަށް އެންމެހާ އޮޑިވެރިންނާއި، އޮޑިފަޅުވެރިން އަދި ބަނދަރުގެ ބޭނުން ކުރައްވާ ފަރާތްތަކުން ޢަމަލު ކުރުމަށް މިކައުންސިލުން އިލްތިމާސް ކުރަމެވެ. މިފަދަ މައްސަލަތައް ގިނަވެ ރައްޔިތުން އިތުރު ތަކުލީފު އުފުލަންޖެހޭނަމަ ޤަވައިދަށް ހުރުމަތްތެރިކޮއް ނުހިތާ މި ޤަވައިދުތަކާއި ޚިލާފުވާ ފަރާތްތަކާއި މެދުގައި މިކައުންސިލުން ފިޔަވަޅުއަޅާނެ ވާހަކަ ދަންނަވަމެވެ.

ބައެއް ފަރާތްތަކުގެ ޢަމަލުތައް މިހެން ހުރިނަމަވެސް މިބަނދަރު ބޭނުންކުރައްވާ ގިނަ ބޭފުޅުންނަކީ މިފަދަ ޤާނޫނުތަކާއި ޤަވައިދުތަކަށް ބޯލަނބާ ރައްޔިތުންގެ މަސްލަހަތު އިސްކުރާ ބޭފުޅުންކަމުގައި މިކައުންސިލުން އުފަލާއެކު ފާހަގަ ކުރަމެވެ. އަދި މިފަދަ ކަންކަމުގައި އޮޑިވެރިންނާއި، އޮޑިފަޅުވެރިން އަދި ބަނދަރު ބޭނުންކުރައްވާ އެންމެހާފަރާތްތަކުގެ ފަރާތުން ލިބިލައްވާ އެއްބާރުލުމަށް ފަށްފަށުން ޝުކުރުދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެއެވެ.

09 ރަމަޟާން 1443

10 އޭޕްރީލް 2022         

10 އޭޕްރިލް 2022