ދިވެހިރާއްޖެ
މި އޮފީހަށް ދެ ސަރވަރ ހޯދުމަށް ކުރެވުނު ނަންބަރު (IUL)7-ADMN/1/2022/22(15މާރިޗު 2022) އިޢުލާނުގެ މަޢުލޫމަތު ކަރުދާހަށް ބަދަލުތަކެއް ގެނެސް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ޢަދަދު |
އައިޓަމް |
2 |
ސަރވަރ |
މި ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި، ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2022 އޭޕްރީލް 17 ވާ އާދީޢްތަ ދުވަހުގެ ނިޔަލަށް[email protected] އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 2022 އޭޕްރީލް 19 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.