ދިވެހިރާއްޖެ
އިޢުލާން
ގާޑިޔާ ވިޔަފާރި ކުރުމަށް ބަނދަރު ސަރަޙައްދުން ބިން ދޫކުރުން
ލ.މާމެންދޫ ބަނދަރު ސަރަޙައްދު އޭ.ޓީ.އެމް ގެ ކުރިމައްޗަށްވާ ގޮތަށް، މީގެ ކުރިންވެސް ގާޑިޔާ ވިޔާފަރި ކުރި ބިން ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން މިއިދާރާއިން ކުރި ނަންބަރު: (IUL)403-A/403/2022/56 އިޢުލާންގައި ކުއްޔަށް ދޫކުރެވޭ މުއްދަތު ބަޔާން ކުރެވިފައިވަނީ ރަނގަޅަށް ނޫން ކަމުން އެ އިޢުލާން ބާޠިލްކޮށް އަލުން ބިން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. ދިރިއުޅުމުގެ ބޭނުމަށްނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު 2018/R-69 ގެ 8 ވަނަ މާއްދާގެ ހ ގެ 11 ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން ގާޑިޔާ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތެއްކަމަށް ބަޔާންކޮށްފައިވަނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތެވެ.
ތަފްޞީލް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
13 އޭޕްރީލް 2022 (ބުދަ) |
10:30 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
އަންދާސީ ހިސާބު ހުށަހެޅުން |
19 އޭޕްރީލް 2022 (އަންގާރަ) |
10:30 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
ވީމާ، ގާޑިޔާ ވިޔަފާރި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ 6800705 ނަންބަރާއި ގުޅުއްވުމަށް ދަންނަވަމެވެ.
09 ރަމަޟާން 1443ހ
10 އޭޕްރީލް 2022މ