ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2022/34
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 17 އޭޕްރިލް 2022 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބަދިގެ އެހީތެރިޔާ، ކެންޓީނު ސުޕަރވައިޒަރ - އައިޔޫއެމް ކެންޓީނު

ވަޒީފާގެ ފުރުސަތު

 

ނަންބަރު:IUMH-AD/I/2022/34

އައިޔޫއެމް ކެންޓީންގައި މަސައްކަތް ކުރުމަށް މުވައްޒަފުން ހޯދުމަށް ތިރީގައިވާ މަޤާމްތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލަމެވެ.

 މަޤާމު:

ބަދިގެ އެހީތެރިޔާ

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 50.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ ޝަރްޠުތައް:

  • ލިޔަންކިޔަން އެގުން
  • އުމުރުން 18 އަހަރު ފުރިފައިވުން.
  • މީރުކޮށް ކައްކަން އެނގޭ ކެއްކުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވާ މީހެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ފަރިއްކޮޅުތައް ތައްޔާރު ކުރުމަށް ކައްކާއަށް އެހީތެރިވުން
  • ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ބަދިގެއާއި ކެންޓީންގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ބަދިގެ ތެރޭގައި ކެއްކުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗާއި، ސިންކާއި، އައިސްއަލަމާރި، އުނދުން ފަދަ މެޝިނަރީޒް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި މިފަދަ ކަންތައްތައް ކުރުން.
  • ކެއްކުމަށް ބޭނުންވާ ތަކެތި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަންތައްތައް ކުރުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.

 

 މަޤާމު:

ސުޕަރވައިޒަރ

 އަދަދު: 1

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 6500.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 130.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ ޝަރްޠުތައް:

އޭލެވެލް ފެންވަރުނަމަ:

  • މަތި ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،

އޯލެވެލް ފެންވަރުނަމަ:

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އިންޓަވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން
  • ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކޮށް ލިޔެ މުޢާމަލާތް ކުރަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތިބަހުން މުޢާމަލާތް ކުރުން.
  • މަސައްކަތުގައި ގެންގުޅޭ ތަކެތި ފަރުވާތެރިކަމާއެކު ބަހައްޓާކަން ޔަޤީންކުރުން.
  • ކެންޓީނަށް ބޭނުންވާ ތަކެތި ދުވަހުން ދުވަހަށް ހޯދުން.
  • ކެންޓީނުގެ މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެންމެ ފުރިހަމައަށްތޯ ބަލާ ސުޕަރވައިޒްކުރުން.
  • ކެންޓީނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ޕަރފޯމަންސް އެނަލައިޒްކުރުން.
  • ކެންޓީނު ހިންގުމަށް ދަތިތަކެއް ކުރިމަތިވަކަމުގައިވާނަމަ ވީ އެންމެ އަވަހަށް ކުންފުންޏަށް ހިއްސާ ކުރެއްވުމާއި، ދަތިތަށް ހައްލުކުރުން.
  • ކެންޓީން ހިނގަމުންދާ ގޮތިގެ ޑެއިލީ އަޕްޑޭޓްސް ކުންފުންޏަށް ދިނުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެންޓީން

ވަގުތު:

ހެނދުނު 7:00 އާއި ރޭގަނޑު 10:00 އާއި ދެމެދު 8 ގަޑިއިރު (ޝިފްޓް އުސޫލުން)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރެވޭ ފަރާތްތައް.
  • ކަސްޓަމަރ ސަރވިސް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު އައި.ޔޫ.އެމް ހޯލްޑިންގސްއިން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއި އެއްހީރާސް ކުރެވިފައިވާނެއެވެ.)
  2. ހާސިލްކޮށްފައިވާ ތަޢުލީމާއި އަދާކޮށްފައިވާ ވަޒީފާގެ ތަފްސީލުތަށް ހިމެނޭގޮތަށް ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  1. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  3. އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ (ތަޖުރިބާއަށް މަރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ  ތަޖުރިބާއަށް  މާރކްސް ދިނުމުގައި ނުބެލޭނެއެވެ.)

އީމެއިލް މެދުވެރިކޮށް [email protected] އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުންނާއި، ހާޑް ކޮޕީ ހުށަހަޅާ ފަރާތްތަކުން 17 އޭޕްރިލް 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އައިޔޫއެމް ހޯލްޑިންގސް ޕލޓޑ އަށް ދުރުވެ އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3001885 އށް ގުޅުއްވުން އެދެމެވެ.

 

 

10 އޭޕްރިލް 2022