ދިވެހިރާއްޖެ
އިޢުލާން
ވޭސްޓްމެނޭޖްމަންޓް ސެންޓަރއަށް ގެނެވޭ ޕްލާސްޓިކް އަދި ދަގަނޑުގެ ބާވަތްތައް ބޭރުކުން
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރއަށް ގެނެވޭ ޕްލާސްޓިކް އަދި ދަގަނޑުގެ ބާވަތްތައް ބޭރުކުރުމަށް ޕޫލެއް އެކުލަވާލުމަށް ކައުންސިލުން ނިންމަވާފައިވާތީވެ އެކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ޕޫލްގައި ރަޖިސްޓްރީކުރެވޭނީ އެކަމަށް އެދޭ ފޯމް ކައުންސިލްއަށް ހުށަހަޅާގެންނެވެ.
- ކުނީގެ ތެރެއިން ޕްލާސްޓިކް ގެންދާނީ މާލޭ ޓީ ޖެޓީ އާއި ހަމައަށެވެ.
- ކައުންސިލްގެ ފަރާތުން ރަޖިސްޓްރީވާ ފަރާތުން ހަމަޖައްސާ އުޅަނދަށް ކުނި އަރުވަދެވޭނެއެވެ.
- އުޅަނދުތަކަށް އެރުވޭ ކުންޏަށް ލިބޭ ފައިސާއަކީ އުޅަނދުތަކަށް ލިބޭ ފައިސާއެކެވެ.
- މިމަސައްކަތަށް އިތުރު ފައިސާއެއް ކައުންސިލުން ޕޫލްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިނުވެއެވެ.
ވީމާ، މި ޕޫލްގައި ރަޖިސްޓްރީވުމަށްއެދޭ އުޅަނދުތަކުން 18 އޭޕްރިލް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމް ފުރިހަމަކޮށް މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން ނަމްބަރު (IUL)342/2022/41 (3 އޭޕްރިލް 2022) އިޢުލާން ބާޠިލްކޮށްފައިވާ ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
06 ރަމަޟާން 1443
07 އެޕްރީލް 2022