މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2022/38
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 21 އޭޕްރިލް 2022 10:30
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ޣާޒީ ބިލްޑިންގުގެ 1 ވަނަ އަދި 2 ވަނަ ފަންގިފިލާގެ ބައެއް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12އެޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 10:30 ގައި، ޣާޒީ ބިލްޑިންގ ގައި ހުންނަ މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް، މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަސްކަމަށްވާ  12އެޕްރީލް  2022ގައި ޤެޒެޓުކުރެވޭނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 21 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ދުވަހު 10:30 ގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.  

07 އޭޕްރިލް 2022