Maldives
ނަންބަރ: (IUL)403-A/403/2022/56
އިޢުލާން
ގާޑިޔާ ވިޔަފާރި ކުރުމަށް ބަނދަރު ސަރަޙައްދުން ބިން ދޫކުރުން
ލ.މާމެންދޫ ބަނދަރު ސަރަޙައްދު އޭ.ޓީ.އެމް ގެ ކުރިމައްޗަށްވާ ގޮތަށް، މީގެ ކުރިންވެސް ގާޑިޔާ ވިޔަފާރި ކުރި ބިން 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ތަފްޞީލް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
13 އޭޕްރީލް 2022 (ބުދަ) |
10:30 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
އަންދާސީ ހިސާބު ހުށަހެޅުން |
19 އޭޕްރީލް 2022 (އަންގާރަ) |
10:30 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
ވީމާ، ގާޑިޔާ ވިޔަފާރި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ 6800705 ނަންބަރާއި ގުޅުއްވުމަށް ދަންނަވަމެވެ.
06 ރަމަޟާން 1443ހ
07 އޭޕްރީލް 2022މ