ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)372-A1/372/2022/26
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 12 އޭޕްރިލް 2022 13:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ރަމަޟާންމަހު މި އިދާރާއިން ބާއްވާ ޤުރުއާންމުބާރާތާއި މަދަހަ މުބާރާތް ކުރިއަށް ގެންގޮސްދޭނެ ޖަމްޢިއްޔާއެއް ހޯދަން ބޭނުންވެއްޖެ

1443 ވަނަ އަހަރު ރަމަޟާންމަހު މި އިދާރާއިން ބާއްވާ ޤުރުއާންމުބާރާތާއި މަދަހަ މުބާރާތް ކުރިއަށް ގެންގޮސްދޭނެ ޖަމްޢިއްޔާއެއް ހޯދަން ބޭނުންވެއްޖެ.

 

1443 ވަނަ އަހަރުގެ ރަމަޟާން މަހު މިއިދާރާއިން ބާއްވާ ޤުރުއާން އަދި މަދަހަ މުބާރާތް ބޭއްވުމަށް ކައުންސިލުގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 12 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އެހެންކަމުން މި އިދާރާއާއި ގުޅިގެން މި ޤުރުއާން މުބާރާތް ކުރިއަށް ގެންގޮސްދޭނެ ޖަމްޢިއްޔާއެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ކުރިމަތިލާ ޖަމްޢިއްޔާއަކީ މި އިދާރއިން އެކުލަވާލާފައިވާ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ޤަވާޢިދާ އެއްގޮތަށް މުބާރާތުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ޖަމްޢިއްޔާއަކަށް ވާންވާނެއެވެ.

ޤްރްއާން މުބާރާތް:

       ޤްރްއާން މުބާރާތް ކުރިއަށް ގެންދިޔުމަށް މިކައުންސިލުން ކަނޑައަޅާފައިވަނީ ފ. މަގޫދޫ ޕްރީސްކޫލް ދަރިވަރުންނާއި، ފ. މަގޫދޫ ސްކޫލް އެލް.ކޭޖީ އަދި ޔޫ.ކޭޖީ ދަރިވަރުންނަށެވެ.

    ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް:

  • ކޮންމެ ގްރޭޑަކުން 01 ވަނަ، 02 ވަނަ، އަދި 03 ވަނަ
  • ކޮންމެ ގްރޭޑަކުން 01 ވަނަ، 02 ވަނަ، އަދި 03 ވަނަ
  • ބައިވެރިވާ ކޮންމެ ކުއްޖަކަށް ހަދިޔާ

މުޤައްރަރު:

  • ކީރިތި ޤްރްއާނުން، ދަރިވަރުން ބޭނުންވާ ސޫރަތަކުން 05 އާޔަތް

މަދަހަ މުބާރާތް:

       މަދަހަ މުބާރާތް ކުރިއަށް ގެންދިޔުމަށް މިކައުންސިލުން ކަނޑައަޅާފައިވަނީ ފ. މަގޫދޫ އެކި އުމުރު ފުރާގެ ދަރިވަރުންނާއި ރައްޔިތުންގެ ތެރެއިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށެވެ.  

    އުމުރު ފުރާތައް:

  • 06 އަހަރުން ދަށް
  • 09 އަހަރުން ދަށް
  • 12 އަހަރުން ދަށް
  • 16 އަހަރުން ދަށް
  • އަދި 16 އަހަރުން މަތި
  • ގްރޫޕް މަދަޙަ ( މަދުވެގެ 06 ބައިވެރިން ހިމެނޭ ގޮތުން )

ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް:

  • ކޮންމެ އުމުރު ފުރާއަކުން 01 ވަނަ ، 02 ވަނަ ، 03 ވަނަ 
  • ގްރޫޕް މަދަހަ މުބާރާތުން 01 ވަނަ ، 02 ވަނަ ، 03 ވަނަ
  • މުޅި މުބާރާތުން 01 ވަނަ ، 02 ވަނަ ، 03 ވަނަ 

ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު، އެންމެމަތިން މާރކްސްލިބޭ ޕްރޮޕޯސަލް ހުށަހެޅި ޖަމްޢިއްޔާއަކާއެކު އެގްރިމެންޓް ހެދިގެން މުބާރާތް ހިންގުމަށް ރޭވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9964020 ނުވަތަ 7613854 ގުޅުއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ޖަމްޢިއްޔާތަކުން، މި އިދާރާއާއި ގުޅިގެން މި މުބާރާތް ހިންގާނެގޮތުގެ ޕްރޮޕޯސަލް، 12 އޭޕްރީލް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

‏05‏ ރަމަޟާން 1443

                  ‏06‏ އޭޕްރީލް 2022

06 އޭޕްރިލް 2022