ކުއްޔަށް ދިނުން
ނަންބަރު: 396-A/2022/26
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 24 އޭޕްރިލް 2022 11:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ހުޅިޔަންދޫ ކުއްޔަށް ދޫކުރުމާއި ގުޅޭ

ލ.ދަނބިދޫ ކައުންސިލްގެ އިހްތިޞާޞްގައި ހިމެނޭ ލ.ހުޅިޔަންދޫ 21 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

މިރަށް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކުން 13 އޭޕްރިލް 2022 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރީ ސްލިޕް

ފުރުއްވާ މިކައުންސިލުގެ އީ މެއިލް ([email protected]) އަށް ފޮނުއްވުންއެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ ބީލަމުގައި

ރަޖިސްޓްރީވުމަށް އެދެމެވެ. އަދި ރަޖިސްޓްރޭޝަން ސްލިޕްއާއިއެކު ބީލަން ފޮތުގެ އަގު -/50 ރުފިޔާ ތިރީގައިއެވާ މި ކައުންސިލްގެ އެކައުންޓަށް

ޖަމާކުރުމުން، ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަންފޮތް މެއިލް ކުރެވޭނެއެވެ.   

އެކައުންޓް ނަން:      1 1447REVENUE 

އެކައުންޓް ނަންބަރު:   001-700475-7707

ތަފްސީލު

ތަފްސީލު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

14 އޭޕްރިލް 2022 ބުރާސްފަތި

11:00 ގައި

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

ބިޑް ހުށަހެޅުން

24 އޭޕްރިލް 2022 އާދިއްތަ

11:00 އަށް

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

  

           ވީމާ، ލ.ހުޅިޔަންދޫ ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށްކުރިމަތި ލެވޭނެ ފަރާތްތައް     

1.1

މި ބީލަމުގައި ބައިވެރިވެ އަންދާސީ ހިސާބު ހުށަހެޅޭނީ (ޤާނޫނު ނަންބަރ: 2014/18 ) ގެ ދަށުން    މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.  

 

1.1.2 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

 

2.1.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

 

3.1.2 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

 

4.1.2 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

1.2

މިމާއްދާގެ 1.1 ގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތަކަކަށް ބީލަމަށް ކުރިމަތިލެވޭނަމަ އެކަން ބީލަން ޝީޓްގައި ބަޔާން ކޮށްފައިވާނެއެވެ

 

           ވީމާ ބީލަމުގައި ރަޖިސްޓްރި ކުރިފާރާތްތައް 24 އޭޕްރިލް 2022 ވާ އާދިއްތަ ދުވަހުގެ 11:00ގެ ކުރިން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

އަދި މި ބިޑުގައި ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މަޢުލޫމާތު

ފުރިހަމަނުވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބިޑާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި

މި އިދާރާގެ ފޯން ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. (އިދާރީ ކަންކަމުގައި ގުޅުއްވާނީ 6800867 އަދި ޓެކްނިކަލް ކަންކަމުގަ ގުޅުއްވާނީ

6800872 އަށްށެވެ).

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 އޭޕްރިލް 2022