މަސައްކަތް
ނަންބަރު: (IUL)322-M/322/2022/30
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 18 އޭޕްރިލް 2022 09:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Andhaasee hisaabu husha elhumuge dhauvathu

  1. މިރަށުގެ އެކި ހިސާބުތަކުގައި ހުރި ކަޑަންޖެހޭ ރުއްގަސް ކަޑައި ނައްތާލަން ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މިމަސައްކަތާގުޅޭ މަޢުލޫމާތު ޝީޓު އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ރަސްމީގަޑިގައި މިއިދާރާއިންވެސް ލިބޭނެއެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 09:00 ގައި މިއިދާރާގައެވެ.
  4. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  5. ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  6. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
07 އޭޕްރިލް 2022