ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: ASND/PRC/IUL/2022/0025
ޕަބްލިޝްކުރި ތާރީޚް: 07 އެޕްރީލް 2022
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 19 އެޕްރީލް 2022 11:30
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް އަދި ސިސްޓަމް ޔޫޕީއެސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު: ASND/PRC/IUL/2022/0025 


މި ކުންފުނީގެ ބޭނުމަށް ކޮމްޕިއުޓަރ ސިސްޓަމް އަދި ސިސްޓަމް ޔޫޕީއެސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 10 އޭޕްރިލް 2022 އިން 14 އޭޕްރިލް 2022 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 އިން 12:30 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވިރިކޮށް ފޮނުވޭނެއެވެ.

މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރެވޭނެއެވެ.

 

ބިޑު ހުށަހަޅާ ފަރާތްތަކުން ދެ މަސައްކަތަށް ވަކިން އަގު ހުށަހެޅޭނެއެވެ. ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކުރުމަށް އަގު ހުށަހަޅާ ފަރާތްތަކުން، މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/21،000ރ، (އެކާވީސްހާސް ރުފިޔާ) ބިޑާއެކު ހުށަހަޅަންވާނެއެވެ. 

 

19 އޭޕްރިލް 2022 ވާ އަންގާރަ ދުވަހުގެ 11:30 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ. 

 

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.  

07 އޭޕްރިލް 2022

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011483      

07 އެޕްރީލް 2022