މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2022/39
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 17 އޭޕްރިލް 2022 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ލ. ގަން ލޭންޑްސްކޭޕިންގައި މަސައްކަތުގައި ބޭނުންކުރާ C2530 އެކްސްކެވޭޓަރ މެއިން ކޮންޓްރޯލް ޔުނިޓް ލ. ގަމު ސައިޓަށް ސަޕްލައިކޮށް އެކްސްކަވޭޓަރުގައި އަޅުވައި ސްޓާޓް ކުރުމުގެ މަސައްކަތް

މި މިނިސްޓްރީއިން ލ. ގަން ލޭންޑްސްކޭޕިންގައި މަސައްކަތުގައި ބޭނުންކުރާ C2530 އެކްސްކަވޭޓަރުގެ މެއިން ކޮންޓްރޯލް ޔުނިޓް ހަލާކުވެ ގްރައުންޑް ވެފައިވާތީ އެކްސްކަވޭޓަރ ހެދުމަށް މެއިން ކޮންޓްރޯލް ޔުނިޓް ލ. ގަމު ސައިޓަށް ސަޕްލައިކޮށް އެކްސްކަވޭޓަރުގައި އަޅުވައި ސްޓާޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 11 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވަޑައި ނުގެންނެވުނުކަމުގައި ވީނަމަވެސް ޕްރޮޕޯސަލް ހުށަހެޅުއްވޭނެކަން ފާހަގަކުރަމެވެ. އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 14 އެޕްރީލް 2022ވާ ބުރާސްފަތި ދުވަހުގެމެންދުރު 12:00ގެ ކުރިން[email protected]  އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 17 އެޕްރީލް 2022ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

07 އޭޕްރިލް 2022