ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)271-ESMS/271/2022/24
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:30
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ރޯކުރުމާއި، ކުނި އެންދުމާ ގުޅޭ

އިޢުލާން

ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ރޯކުރުމާއި، ކުނި އެންދުމާ ގުޅޭ

 

މިހާރަކަށް އައިސް ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ރޯކުރުމުގެ ގިނަ މައްސަލަތަކެއް މިކައުންސިލަށް ވަނީ ހުށައެޅިފައެވެ. މިކަމަކީ މަނާ ކަމެއް ކަމުގައި މިކައުންސިލުން ކުރިންވެސް ވާނީ ޢާއްމުކޮށް އިޢުލާންކޮށްފައެވެ.

މިދުވަސްވަރަކީ އިރުވައި މޫސުމުގެ ފެންދުރު ދުވަސްވަރެއް ކަމުން، މިގޮތަށް ރޯކުރުމުގެ ސަބަބުން އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ރަށުގެ ވެއްޓަށް، ކައިރި މުސްތަޤްބަލެއްގައި އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި މިކަން ތަކުރާރުވާނަމަ، އަމިއްލަ ފަރުދުންގެ މުދަލަށާއި، ފުރާނައަށްވެސް މިކަމުގެ ނުރައްކާ އޮތުމާއެކީ، މިފަދަ ޒިންމާދާރުކަން ކުޑަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރެވުމަށް ނަޞޭހަތްތެރިވަމެވެ. އަދި މިފަދަ އަމަލެއް ހިންގި ފަރާތެއް ސާބިތުކުރެވިއްޖެނަމަ ތިމާވެށި ހިމާޔަތް ކުރުމުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އެފަރާތަކާ މެދު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.

މީގެ އިތުރުން، މިހާރަކަށް އައިސް އަމިއްލަ ފަރާތްތަކުން ކުނި ނައްތާލުމުގެ ގޮތުން ކުނި އަންދާކަންވެސް ވަނީ މިކައުންސިލުގެ ސަމާލުކަމަށް އައިސްފައެވެ. އެފަދަ ފަރާތްތަކުން ވެށި ސާފުކުރުމަށް އޮތް ޝައުޤުވެރިކަމަށް އަޅުގަނޑުމެން ތައުރީފުކުރާ ހިނދު، ކުނި ރައްކައުތެރި ގޮތުގުގައި ނައްތާލުމަށްޓަކައި ކުނި ކޮށި ޚިޔާރުކުރެއްވުމަށްވެސް ނަޞޭހަތްތެރިވަމެވެ. އަދި ދެންނެވުނު ފަދަ ފިޔަވަޅު ތަކަކީ، ހުރިހާ ރައްޔިތުންނާއި އަޅުގަނޑުމެންގެ ނާޒުކު ވެށީގެ ރައްކަލަށްޓަކައި އެޅިފައިވާ ފިޔަވަޅުތަކެއްކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

06 ރަމަޞާން 1443

07 އޭޕްރީލް 2022

07 އޭޕްރިލް 2022