ބީލަން
ނަންބަރު: (IUL)431-AHP/1/2022/6
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 09 މޭ 2022 10:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީ އަށް ލޭންޑް އިންފޯރމޭޝަން ސިސްޓަމް ތައްޔާރުކުރުމަށްޓަކައި ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މިއޮތޯރިޓީ އަށް ލޭންޑް އިންފޯރމޭޝަން ސިސްޓަމް ތައްޔާރުކުރުމަށްޓަކައި ކޮންސަލްޓޭޝަން ޓީމެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 20 އޭޕްރީލް 2022 ވާ  ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން  [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.

3. ބީލަން ހުށަހަޅުމަށް ހަމަޖެހިފައިވަނީ 09 މޭ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮޓޯރިޓީގައި ބީލަން ހުޅުމަށް ބޭއްވޭ ބައްދަލުވުމުގައިއެވެ. އަދި ރާއްޖެއިން ބޭރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާނީ ޕޯސްޓް މެދުވެރިކޮށް ނުވަތަ ބައިނަލްއަގްވާމީ މިފަދަ ފަރާތެއް މެދުވެރިކޮށް 28 އޭޕްރީލް 2022 ވާ ބުރާސްފަތީ ދުވަހުގެ 14:00 ގެ ކުރިނެވެ. އަދި ހުށަހަޅާ ހުރިހާ އަންދީސީ ހިސާބު ވެސް އެޑްރެސް ކުރަންވާނީ ތިރީގައިވާ ގޮތަށެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ،

އަމީނީ މަގު، މާލެ، 20392،ދިވެހިރާއްޖެ.

4. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 09 މޭ 2022 ވާ ހޯމަ ދުވަހުގެ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ދެވަނަ ފަންގިފިލާ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

5. މި އިޢުލާންއާއި ގުޅޭ ޓާރމްސް އޮފް ރިފަރެންސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިލިންކުން https://mlsa.gov.mv/uploads/LIS Consultant TOR.pdf ޑައުންލޯޑް ކުރެއްވޭނެއެވެ. އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 30 އެޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 06 ރަމަޝާން 1443ހ.

07 އޭޕްރިލް 2022