ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)271-ESMS/271/2022/23
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 14 އޭޕްރިލް 2022 14:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

މިރަށު "ހަވޭލި" (އަޙްމަދު މުޙައްމަދު/މޫނިމާގެ) ގޭގެ އުތުރު ފަރާތު މަގުގެ ގޭ އިންފާރާއި ކައިރީގައި ހެދިފައިވާ ދިވެހިރުކުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ. މިރުއް ފާހަގަކުރުމަށް މިއިދާރާއިން ޖަހާފައިވާ ނަމްބަރަކީ 5 (ފަހެއް) އެވެ.

ވީމާ، ރުކުގެ ވެރިފަރާތުން 14 އޭޕްރީލް 2022 ވާ (ބުރާސްފަތި) ދުވަހުގެ 14:00 ކުރިން، ރުކުގައި މިއިދާރާއިން ޖަހާފައިވާ ނަންބަރާއި ރުއްގަހުގެ ދަފްތަރު ނަންބަރު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް އަންގަވާދެއްވުން އެދި ދެންނެވީމެވެ.

ޤާނޫނު ނަންބަރު 98/21 މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނުން ދެންނެވުނު ރުއްގަހުގެ ވެރިފަރާތް މިކައުންސިލްގެ ރުއްގަހުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ރުއްގަހަކަށް ބަދަލުދެވެން ނެތް ވާހަކަ ދަންނަވަމެވެ. އަދި ދެންނެވިފައިވާ މުއްދަތުގައި ވެރިފަރާތެއް ވާކަން ނާންގާކަމުގައި ވާނަމަ ރުއްގަހުގެ ވެރިފަރާތެއް ނުވާކަމުގައި ބަލައި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

06 ރަމަޞާން 1443

07 އޭޕްރީލް 2022

07 އޭޕްރިލް 2022