ދިވެހިރާއްޖެ
މަޤާމު: ޓީޗަރ (ޤުރްއާން) މަޤާމު އޮތް އޮފީހުގެ ނަން: ތުޅާދޫ ސްކޫލް، ބ. ތުޅާދޫ ބޭނުންވާ އަދަދު: 1 ވަޒީފާ އަދާކުރަންޖެހޭ ތަން: ތުޅާދޫ ސްކޫލް ސެކްޝަން: އެކަޑެމިކް ސެކްޝަން
| މަޤާމު | ރޭންކް | ކްލެސިފިކޭޝަން | ޝަރުޠު | މަޤާމުގެ އަސާސީ މުސާރަ | ސަރވިސް އެލަވަންސް | 
| ޓްރެއިންޑް ޓީޗަރ | GS4 | ޓީޗިންގ ސަރވިސް އޮފިސަރ 1 | ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. | -/5،020 ރުފިޔާ | -/2،500 ރުފިޔާ | 
| ޓްރެއިންޑް ޓީޗަރ | MS1 | ޓީޗިންގ ސަރވިސް އޮފިސަރ 2 | ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. | -/5،610 ރުފިޔާ | -/2،500 ރުފިޔާ | 
| ގްރެޖުއޭޓް ޓީޗަރ | MS2 | ޓީޗިންގ ސަރވިސް އޮފިސަރ 3 | ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. | -/6،295 ރުފިޔާ | -/2،500 ރުފިޔާ | 
| ކޮލިފައިޑް ޓީޗަރ | MS3 | ޓީޗިންގ ސަރވިސް އޮފިސަރ 4 | ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ، ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ، - ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން | -/7،035 ރުފިޔާ | -/2،500 ރުފިޔާ | 
| ކޮލިފައިޑް ޓީޗަރ | MS4 | ޓީޗިންގ ސަރވިސް އޮފިސަރ 5 | ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ އިތުރު ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ، ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު (ލެވެލް 7 ގެ ސަނަދެއްނެތި)، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ، ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެފައިވުން. | -/7،875 ރުފިޔާ | -/2،500 ރުފިޔާ | 
| ކޮލިފައިޑް ޓީޗަރ | EX1 | ޓީޗިންގ ސަރވިސް އޮފިސަރ 6 | ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ، ކިޔަވައިދޭ މާއްދާއަކުން ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ، ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެފައިވުން. | -/8،835 ރުފިޔާ | -/2،500 ރުފިޔާ | 
| ކޮލިފައިޑް ޓީޗަރ | EX2 | ޓީޗިންގ ސަރވިސް އޮފިސަރ 7 | -ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. -ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެފައިވުން. | -/9.890 ރުފިޔާ | -/2،500 ރުފިޔާ | 
| ސީނިއަރ ޓީޗަރ | EX3 | ޓީޗިންގ ސަރވިސް އޮފިސަރ 8 | ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. | -/11،065 ރުފިޔާ | -/2،500 ރުފިޔާ | 
| 
 ސީނިއަރ ޓިޗަރ | EX4 | ޓީޗިންގ ސަރވިސް އޮފިސަރ 9 | ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. | -/12،400 ރުފިޔާ | -/2،500 ރުފިޔާ | 
| ސީނިއަރ ޓިޗަރ | EX5 | ޓީޗިންގ ސަރވިސް އޮފިސަރ 10 | ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. | -/13،890 ރުފިޔާ | -/2،500 ރުފިޔާ | 
| ސީނިއަރ ޓިޗަރ | EX6 | ޓީޗިންގ ސަރވިސް އޮފިސަރ 11 | ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. | -/15،560 ރުފިޔާ | -/2،500 ރުފިޔ | 
| މުސާރައާއި ޢިނާޔަތްތައް: ކަނޑައެޅިފައިވާ މުސާރައާއި އެލަވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| ވަޒީފާގެ މަސްއޫލިއްޔަތު: 1- ސްކޫލުގެ ސެޝަނަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވެ ސޮއިކުރުން. 2- ސްކޫލުން ހަދާފައިވާ ޓައިމް ޓޭބަލާ އެއްގޮތަށް ކިޔަވައިދިނުން. 3- ގްރޭޑަށް ކިޔަވައިދޭ މުދައްރިސުންގެ ކޯޑިނޭޝަން މީޓިންގތަކުގައި ގަވާއިދުން ބައިވެރިވުން. 4- ފިލާވަޅު ރޭވުމާއި ކިޔަވައިދިނުމުގެ އެހީ ތައްޔާރުކޮށް، ލެސަންޕްލޭން އެޕްރޫވްކޮށް، އެޕްރޫވްކުރާ ފަރާތުގެ އެޕްރޫވަލް ހޯދުން ( ލީޑިންގ ޓީޗަރ/ގްރޭޑް ކޯޑިނޭޓަރ) 5- ގްރޭޑްތަކަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ދަރިވަރުންނަށް ތަކެތި އުގަންނައިދީ، ހާސިލުވާންޖެހޭ މިންވަރު ހާސިލުވެއްޖެކަން ކަށަވަރުކުރުން. 6- އެ ގްރޭޑެއް ބަލަހައްޓަން ހަވާލުވެހުންނަ ލީޑިންގ ޓީޗަރ އަންގާގޮތެއްގެމަތިން ކޯޑިނޭޓަރުގެ އެހީއާއެކު ދިރާސީ އަހަރުގެ ސްކީމް ތައްޔާރުކުރުން. 7- ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކުރުމުގެގޮތުން ސްކޫލުން ކަނޑައަޅާ ގޮތްތަކެއްގެމަތިން އެކިއެކި އެސެސްމަންޓްތައް ހަދައި، ދަރިވަރުންގެ ކުރިއެރުން މެދުކެނޑުމެއްނެތި ބަލަމުން ގެންދިޔުން. 8- ކިޔަވައިދޭއިރު ދެނެގަތުމުގެ ހުނަރު (ފެންވަރު) ދަށްކުދިން ފާހަގަކޮށް، ގްރޭޑުގެ ލީޑިންގ ޓީޗަރާ މަޝްވަރާކޮށްގެން އިތުރުއެހީގެ ކްލާސްތައް ހިންގުން. 9- ކްލާސް ޓީޗަރެއްނަމަ، ހާޒިރީއާއި ރެކޯޑް ފޮތް ތައްޔާރުކޮށް ބެލެހެއްޓުމާއި، މާކްސް ޝީޓް ތައްޔާރުކޮށް، ރިޕޯޓްފޮތް ފުރިހަމަކުރުން. 10- ކޮންމެ ޕީރިއަޑެއްގައި ކިޔަވައިދޭ ފިލާވަޅުގެ ރެކޯޑް، ރެކޯޑް ފޮތުގައި ބަރާބަރަށް ލިޔަމުން ގެންދިޔުން. 11- އެކިއެކި އިމްތިޙާންތަކުގެ ޕޭޕަރު ތައްޔާރުކޮށް، ކުދިންގެ އިމްތިޙާން ޕޭޕަރުތައް މާކްކޮށް، ނަތީޖާ ސާފުކޮށް، އެނަލިސިސް ތައްޔާރުކުރުން. 12- ދިމާވާ އަޚްލާޤީ މައްސަލަތަކާއި އެހެނިހެން މައްސަލަތައް، މަދުވެގެން 3 ދުވަހުގެ ތެރޭގައި ޙައްލުކުރުމަށް އެކަށީގެންވާގޮތެއްގައި މަސައްކަތްކޮށް، ބޮޑެތި މައްސަލަތައް، ލީޑިންގ ޓީޗަރާ މަޝްވަރާކޮށްގެން ޙައްލުކުރުން. 13- މުދައްރިސަކު ހާޒިރުނުވާ ދުވަސް ދުވަހު، ހަވާލުކުރާ ރިލީފް ގަޑިތައް ނެގުން. 14- ސްކޫލްގެ ކިޔެވުމާ ގުޅޭ މަސައްކަތްތައް ތަރައްޤީކުރުމަށް ހިންގޭ އެކިއެކި ހަރަކާތްތަކުގައި މެނޭޖްމަންޓަށް ފުރިހަމައަށް އެހީތެރިވެދީ އެއްބާރުލުންދިނަުން. 15- ކުދިންގެ ބެލެނިވެރިންނާއި، ރައްޔިތުންގެ އިޙްތިރާމް ލިބޭގޮތަށް އެބައިމީހުންނާ ގުޅުން ބެހެއްޓުން. 16- ދީނީ އަދި ޤައުމީ ކަންތައްތަކަށް ކުދިންނަށް ހޭލުންތެރިކަން ލިބޭނޭގޮތުގެމަތިން ކުދިން ތަރުބިއްޔަތުކުރުވުން. 17- ދަރިވަރުންގެ މެދުގައި އިޖްތިމާއީ އަދަބުތަކާއި، ޞިއްޙީ ރަނގަޅު އާދަތައް އަށަގެންނެވުމަށް މަސައްކަތްކުރުން. 18- ދަރިވަރުން ތަރުބިޔަތުކުރުމަށް ހިންގޭ ހުރިހާ ކަމެއްގައި ޢަމަލީގޮތުން ބައިވެރިވުމާއި، މިފަދަ މަސައްކަތެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ، އެ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން. 19- ސްކޫލްގައި ބާއްވާ އެކިއެކި ބައްދަލުވުންތަކާއި ޙަފްލާތަކުގައި ބައިވެރިވާން އެންގިންޖެނަމަ، ބައިވެރިވުމާއި، އެބަ އްދަލުވުންތަކަށް ގަޑިއަށް ހާޒިރުވުން. 20- ސްކޫލުން ރާވާފައިވާގޮތުގެމަތިން އިތުރު ހަރަކާތްތައް ހިންގުމަށް އެހީތެރިވުމާއި، ވަކިހަރަކާތެއް ހިންގުމާ ހަވާލުވެފައިވާ މުވައްޒަފެއްނަމަ، އެ ހަރަކާތްތަކާ ގުޅޭ ލީޑިންގ ޓީޗަރުގެ ލަފަޔާއެއްގޮތަށް އެކަން ކުރިއަށްގެންދިޔުން. 21- ސްކޫލުން ބޭރުގައްޔާއި ރަށުތެރޭގައި އުޅޭޢިރު، ކުދިންނަށް ނަމޫނާއަކަށް ވާނެގޮތަކަށް އަޚުލާޤު ބެހެއްޓުން. 22- ދަރިވަރުންގެ ބެލެނިވެރިންނާ ދޭތެރޭގައި ރަނގަޅު ގުޅުމެއް ޤާއިމުކުރުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
| އިންޓަވިއުކުރުން: 
 
 | 
| ހުށައަޅަންޖެހޭ ތަކެތި: ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ސްކޫލްގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.) - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) - ސަރުކާރުގެ ވަޒީފާގައި ހުރި ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް. - ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު ) | 
| އިތުރު މަޢޫލޫމާތު ހޯދުމަށް: ފޯން: 6600136 ފެކްސް: 6601012 އީމެއިލް: [email protected] | 
| ސުންގަޑި: ޝަރުޠު ހަމަވާ ފަރާތްތަކުން މި ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ތުޅާދޫ ސްކޫލަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 14 ސެޕްޓެންބަރު 2014 ވާ އާދިއްތަދުވަހުގެ 15.00 އެވެ. |