ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2014/180
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 10 ސެޕްޓެންބަރު 2014 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ (ވަގުތީ)

މަޤާމު:

ލޭބަރަރ (ވަގުތީ) 

ބޭނުންވާ އަދަދު:       

6

މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ:  

-/3،000 ރުފިޔާ އާއި، -/6،500 ރުފިޔާ އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން.
  • ރާނައި ސިމެންތިޖަހަން އެނގުން.
  • ކުލައާއި، ދަވާދާއި، ވަރުނިސް ލާން އެނގުން.
  • ވޯލްޕޭޕަރ ހިއްޕުމުގެ މަސައްކަތްކުރަން އެނގުން.
  • ތެދުވި ވަޑާމުގެ މަސައްކަތް ކުރަން އެނގުން.
  • އުސްތަންތަނަށް އެރުމާއި ބަރުއެއްޗެހި އުފުލައި ހެދޭ މީހަކުކަމުގައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން.
  • ޢުމުރާއި ޞިއްޙަތުގެ ގޮތުން ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރެވޭ މީހަކުކަމުގައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

2014 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

މި ވަޒީފާތަކަކީ، ކޮންޓްރެކްޓް އުސޫލުން 3 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަގުތީ ވަޒީފާތަކެކެވެ.

 މި ވަޒީފާތަކަށް އެދޭ ފަރާތްތަކުން މި ކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނުން ވަޒީފާއަށް އެދޭ ފޯމު ނެގުމަށްފަހު، ފެންވަރު ނުވަތަ ޝަރުޠުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރަން އެނގޭކަން އަންގައިދޭ ލިޔުންތަކާއި، އައި.ޑީ ކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މި ކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 2014 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއެވެ.

                           6  ޛުލްޤަޢިދާ  1435

01 ސެޕްޓެންބަރު 2014