ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)DHAH/2022/18
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 12 އޭޕްރިލް 2022 13:00
ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

 

ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ނަމްބަރު:

J-351609

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދ. އަތޮޅު ހޮސްޕިޓަލް / ދ. ކުޑަހުވަދޫ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2500 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% އަދި ޓެކްނިކަލް ކޯ އަށް ޝަރުތު ފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ކޮމިއުނިޓީ ހެލްތް، ޕްރައިމަރީ ހެލްތްކެއަރ).

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހެލްތް މާސްޓަރ ޕްލޭނާއި އަދި އެހެނިހެން ޤައުމީ ޕޮލިސީ ސްޓުރެޓެޖިކް ޕްލޭންތަކަށް ރިޢާޔަތްކޮށް އެއާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވާ އެ ޕްލޭނާ އެއްގޮތަށް ސްކޫލްތަކާއި ކައުންސިލް، އެކިއެކި ޖަމްޢިއްޔާތަކާ ގުޅިގެން ރަށު ފެންވަރުގައި ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  2. އާއްމު ޞިއްޙަތާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ރަށަށް ޒިޔާރަތްކުރާ ޓީމުތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  3. ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ އެރޯގާ ކޮންޓްރޯލްކުރުމާއި ބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމާއި އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އަންގައި އެ ފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅުއެޅުން.
  4. ޕަބްލިކް ހެލްތް މުވައްޒަފުންގެ މަސައްކަތް ސްޕަރވައިޒް ކުރައްވާ ދުވަހުން ދުވަހަށް އެމީހުންގެ މަސައްކަތްތައް ނިންމުމަށް ބާރުއަޅައި އެހީތެރިކަން ފޯރުކޮށްދިނުން.
  5. ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯރޓްތައް  ތައްޔާރުކޮށް ރަށު ފެންވަރުގައި ދިރާސާ ކުރުމަށްފަހު ޤަވާޢިދުން ހޮސްޕިޓަލަށް ފޮނުވުން. އަދި ޕަބްލިކް ހެލްތްގެ މަސައްކަތްތަކާއި ގުޅިފައިވާ ޑޭޓާބޭސްތައް ޤަވާޢިދުން އަޕްޑޭޓް ކުރަމުން ގެންދިއުން.
  6. ރަށު ފެންވަރުގައި ދިމާވާ ކާރިޘާތަކާއި، އެކިއެކި ޙާދިޘާތަކުގައި ޕަބްލިކް ހެލްތް ޔުނިޓުން ޢަމަލުކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި އެއަށް ޢަމަލުކުރުން.
  7. ޤައުމީ އިމިޔުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ދޭންޖެހޭ ޚިދްމަތް ޤަވާއިދުން ފޯރުކޮށްދެވޭނެ އިންތިޡާމް ރާވައި ހަމަޖެއްސުން.
  8. ނިއުޓްރިޝަންއާ ބެހޭ ޤައުމީ ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  9. ގައިންގަޔަށް އަރާ ބަލިތަކާއި، ސޫފާ ސޫފީގެ ޒަރިޢްޔާ އިން ޖެހޭ ބަލިތައް އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައް ރާއްވައި ހިންގުން.
  10. އުފަންވެނި ޞިއްޙަތުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ ޙަރަކާތްތަކާއި ދޭންޖެހޭ ޚިދްމަތް ދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދްމަތް ލިބިގަނެވޭފަދަ ގޮތަކަށް ރާވައި ހިންގުން.
  11. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާ ގުޅުންހުރި ޞިއްޙީ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށުފެންވަރުގައިރާވައި ހިންގުން.
  12. އެރަށެއްގެ އަދި އެއަތޮޅެއްގެ ޞިއްޙީ ޚިދްމަތްދޭ ތަންތަނުގެ މެނޭޖްމަންޓާއި ކްލިނިކަލް ދާއިރާއާ ގުޅިގެން ޕަބްލިކް ހެލްތްގެ މަސައްކަތްތައް ރާވައި ހިންގުން.
  13. ޢާއްމު ޞިއްޙަތާ ގުޅުންހުރި ޤާނޫނުތައް ރަށުފެންވަރުގައި ތަންފީޡް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ކައުންސިލާއި، އަތޮޅު ހޮސްޕިޓަލާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި އެހެނިހެން ތަންފީޡީ އިދާރާތަކާ ގުޅިގެން ކުރުން.
  14. އެކިއެކި ޕަބްލިކް ހެލްތް ޕްރޮގްރާމްތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި ޤަވާއިދުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށް ދިނުން.
  15. ޢާއްމު ޞިއްހަތު ރައްކާތެރި ކުރުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށް ދިނުމަށްޓަކައި ހޯމްވިޒިޓްތައް ރާވައި ހިންގުން. އަދި ހޯމް ވިޒިޓްތަކުގެ ތަފްޞީލް ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން ޤަވާޢިދުން ރިޕޯރޓްކުރުން.
  16. ފާމަސީތައް އަދި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން އަދި ޔޫރަޕިއަން ޔުނިއަން އެކްސްޕޯރޓް ކުރުމަށް މަސްބާނާ އޮޑިދޯނިފަހަރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޤަވާއިދުތަކާ މިންގަނޑުތަކާ އެއްގޮތަށް އިންސްޕެކްޓްކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުން.
  17. ރަށުގެ ހުރިހައި ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު ކައުންސިލާއި، ސްކޫލް އަދި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.
  18. ޞިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން
  19. މީގެ އިތުރުން މަރުކަޒުގެ ވެރިންނާއި އަދި އިސްމުވައްޒަފުން އަންގާ މަސައްކަތް ކުރުން ( އޮފީސް މަސައްކަތް ).

މަޤާމުގެ ޝަރުތުތައް:

 

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް: 

  • ކޮމިއުނިޓީ ހެލްތް
  • ޕްރައިމަރީ ހެލްތް ކެއަރ

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންގ: ނެތް

މަޤާމުގެ ކޯ ޑިސިޕްލިންގ:

  • ކޮމިއުނިޓީ ހެލްތް
  • ޕްރައިމަރީ ހެލްތް ކެއަރ

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ހެލްތް ސާވިސަސް

 

ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި ހޮސްޕިޓަލްގެ އޮފީހުންނާއި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. )

http://www.csc.gov.mv/downloads/15151

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

 

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

6.  މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ  މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި( އަހަރާއި  މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަން ވާނެއެވެ).

 

(ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ކޮޕީ

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާއި ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 12 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:  އީ-މެއިލް މެދުވެރިކޮށް ހުށައަޅާނަމަ އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި، މަޤާމު ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލްސް) އަދި ޕްރެޒެންޓޭޝަން އޮންނާނީ،  17 އޭޕްރީލް 2022 ން 21 މެއި 2022 އާ ދެމެދު ދ. އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6760560އެވެ. އީ-މެއިލް ކުރާނީ [email protected])) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

      

06 އޭޕްރީލް 2022

06 އޭޕްރިލް 2022