ޢާންމު މަޢުލޫމާތު
ނަންބަރު: GS81/B/IUL/2022/13
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 10 އޭޕްރިލް 2022 11:00
ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ވަށަފަރު ސްކޫލުގެ މުވައްޒަފުންގެ ފާޚާނާއާއި ޕްރީސްކޫލް ކުޅޭބިމުގެ އަވިދާ މަރާމާތުކުރުން

މި ސްކޫލްގެ މުޥައްޒަފުން ބޭނުން ކުރަމުންދާ ފާޚާނާއާއި ޕްރީސްކޫލް ކުޅޭބިމުގެ އަވިދާ މަރާމާތު ކުރުމަށް ބޭނުންވެއެވެ.  

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 އެޕްރީލް 10 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2022 އެޕްރީލް 13 ވާ ބުދަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. މުވައްޒަފުންގެ ފަޚާނާ މަރާމާތުކުރުމަށް އެދި ހުށައަޅާ ފަރާތްތަކުން ސިޓީއުރައިގެ ބޭރުގައި "މުވައްޒަފުންގެ ފާޚާނާ މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި ޕްރީސްކޫލް ކުޅޭބިމުގެ އަވިދާ މަރާމާތު ކުރުމަށް އެދި ހުށައަޅާ ފަރާތްތަކުން ސިޓީއުރައިގެ ބޭރުގައި "ޕްރީސްކޫލް ކުޅޭބިމުގެ އަވިދާ މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ.  މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6500247 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 އޭޕްރިލް 2022