މަސައްކަތް
ނަންބަރު: (IUL)30-PMU1/30/2022/126
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:48
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

ކ.މަނިޔަފުށްޓަށް ހެޗަރީ އިކުއިޕްމެންޓް ގަނެ ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. ދިވެހި ސަރުކާރުން ވާރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން، ކ.މަނިޔަފުށްޓަށް ހެޗަރީ އަދި ނާސަރީ ޓޭންކް ގަނެ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. ވީމާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް ކ.މަނިޔަފުށްޓަށް ހެޗަރީ އިކުއިޕްމެންޓް ގަނެ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރޮކިއުމެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓެޓިވް ޕްރޮކިއުމެންޓް އުސޫލުގެ މަތިން، ވާރލްޑް ބޭންކުގެ ރިކުއެސްޓް ފޯ ބިޑްސް (ވަން އެންވެލޮޕް) މެދުވެރިކޮށް "ޕްރޮކިއުމެންޓް ރެގިއުލޭޝަން ފޮރ އައި.ޕީ.އެފް.ބޮރޯވަރސް" ޖުލައި 2016 ގައި ޝާއިރުކޮށް ނޮވެމްބަރ 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކޮށްފައިވާ (ޕްރޮކިއުމެންޓް ރެގިއުލޭޝަން) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  4. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމަށް އެދެމެވެ.

[email protected]

  1. ބިޑް ހުށަހަޅުއްވަންވާނީ 18 އޭޕްރީލް 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑް ހުޅުވަން ހަމަޖެހިފައިވަނީ 18 އޭޕްރީލް 2022 ވަނަ ދުވަހުގެ 11:00 ގައި ހާޒިރުވެ ތިއްބެވި ބޭފުޅުންގެ ހާޒިރުގައި ތިރީގައިވާ އެޑްރެހުގައެވެ.
  2. މިމަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 25,000.00 (ފަންސަވީސް ހާސް) ދިވެހި ރުފިޔާ ނުވަތަ ޔޫ.އެސް.ޑޮލަރު 2000.00  (ދެހާސް) ހުށަހަޅަން ޖެހޭނެއެވެ.
  3. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ އެޑްރެހުގައެވެ.

              ސާއިފް މުހައްމަދު ސަލީމް

               ޕްރޮޖެކްޓް ޑިރެކްޓަރ

               ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް

                ހ.ވައިޓްވޭވްސް

                މޫންލައިޓް ހިނގުން

                ފޯން:  3322328    

06 އޭޕްރިލް 2022