ދިވެހިރާއްޖެ
ބޭނުންވާ އަދަދު: 01 ( އެކެއް ) |
ފަޅުވެރި |
މަޤާމު: |
|
ކޮންޓްރެކްޓް ( 1 އަހަރު ) |
ބާވަތް: |
ސަރވިސް އެލަވަންސް: 1000.00 ރުފިޔާ |
3470.00 ރުފިޔާ |
މުސާރަ: |
މަސައްކަތް ކުރަންޖެހޭ ތަން: ޅ. އަތޮޅު ހޮސްޕިޓަލް |
- ސަޕޯރޓް ސްޓާފް ( ގްރޭޑް 2 ) - އެސް.އެސް 2 |
ކްލެސިފިކޭޝަން / ރޭންކް |
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ. - މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. |
ޝަރުޠު: |
|
- މި މަޤާމަށް މީހަކު ހޮވުމައި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޑީ ކެޓަގަރީން ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
މަޤާމަށް މީހަކު ހޮވުމައި އިސްކަންދޭނެ ކަންތައްތައް: |
|
- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި ސިފަތަކަށް ބަލައި އިންޓަވިއު އިން އެންމެ މަތީ މާކްސް ހޯދާ މީހެކެވެ. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
- ހޮސްޕިޓަލުން ރާވާ ގޮތެއްގެ މަތިން ލޯންޗް / ދޯނީގައި ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން - ނެވިމީހާ ނެތިއްޖެ ޙާލަތެއްގައި ލޯންޗް / ދޯނީގައި ކުރަންޖެހޭ ދަތުރުތައް ކުރުން. - ލޯންޗް / ދޯނީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން. - ދަތުރަށް ފެށުމުގެ ކުރިން އުޅަނދު ދޮވެ ސާފުކޮށް ދަތުރަށް ތައްޔާރު ކުރުމުގެ ގޮތުން އުޅަނދުގެ ވައުތައް ހަމައަށް ހުރިތޯއާއި، ފެން އަދި ދަތުރަށް ކޮންމެހެން ބޭނުންވާ ހުރިހާ ތަކެއްޗެއް ހަމައަށް ހުރިތޯބަލައި ޗެކުކުރުން. - ލޯންޗު / ދޯނީގައި ގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. - ލޯންޗް / ދޯނީގެ އިންޖީނު ސާފުކޮށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ތެޔޮބަދަލުކޮށް ހިންގައި ބެލެހެއްޓުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން. - ލޯންޗް / ދޯނީގެ އިންޖީނަށް ނުވަތަ އެހެންވެސް އެއްޗަކަށް ދިމާވާ މައްސަލަތައް ރިޕެއަރކުރުން ފަދަ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން. - ލޯންޗް / ދޯނި ސާފުކުރުމާއި ފަޅުގައި އޮންނައިރު ބެލެހެއްޓުމާއި އެހެން މުވައްޒަފުންނާއި އެހީތެރިވުން. - ލޯންޗް / ނުވަތަ ދޯނީގައި ދަތުރުކުރާ މީހުންނަށް އެހީތެރިކަން ދިނުމާއި ރީތިބަހުން ވާހަކަދެއްކުމާއި އިޙްތިރާމްކުރުން. - ލޯންޗް / ދޯނި އެހެލައި ބޭލުމާއި ދަވާދުލައި ރީތިކުރުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރުން. - ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ލޯންޗުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން - ލޯންޗް / ދޯންޏަށް ދިމާވާ މައްސަލަތައް ބަލައި ދުވަހުން ދުވަހަށް ރިޕޯޓު ކުރުން. - ދަތުރުނުކުރާ ބަންދުނޫން ދުވަސްތަކާއި ގަޑިތަކުގައި އިދާރާއިން އަންގާ ގޮތެއްގެ މަތިން ރަސްމީ ގަޑީގައި ހޮސްޕިޓަލްގެ އެހެން މަސައްކަތްތަކުގައި ބައިވެރިވުން. - އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެމަތިން ކުރުން. |
މަޤާމުގެ މައިގަނޑު މަސައްކަތްތައް: |
|
- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ އާއި ބަންދުދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސް. - ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް. - ހަމަޖެހިފައިވާ އުޞޫލުން ހާރޑްޝިޕް އެލަވަންސް. |
އިތުރު ޢިނާޔަތްތައް: |
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒްގެ ފޮޓޯއާއެކު ( ފޯމު ޅ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުންނާއި އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެންހުންނާނެއެވެ. ) - ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ އާއި ވަނަވަރު. - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ނުވަތަ އެކްރެޑިޓް ކޮށްދޭނެ ކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން ). - ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. - ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން. - ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ގޮތަށް ދޫކޮށްފައިވާ ލިޔުންތައް. |
ހުށަހަޅުއްވަން ޖެހޭ ތަކެތި: |
|
- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ ޅ. އަތޮޅު ހޮސްޕިޓަލްގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ މި މަޤާމަށްއެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރިޚުން ފެށިގެން 02 ނުވަތަ 03 ހަފްތާގެ ތެރޭގައެވެ. - އިންޓަވިއު އަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. |
އިންޓަވިއު ކުރުން: |
|
- މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ 11 ސެޕްޓެންބަރު 2014 ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ ޅ. އަތޮޅު ހޮސްޕިޓަލުންނެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި ހޮސްޕިޓަލްގެ ނަންބަރު 6620048 ނަންބަރު ފޯނާ އެވެ. |
ސުންގަޑި އަދި އިތުރު މަޢްލޫމާތު: |
06 ޛުލްޤަޢިދާ 1435