ދިވެހިރާއްޖެ
އިޢުލާން
ސުރުހީގައި ދެންނެވިފައިވާ ސައިޒުގެ ލޯންޗެއް ހަދާ އަދި މި އިދާރާއިން ލޯންޗްގައި އެޅުމަށްޓަކައި އައުޓުބޯޑް 3 އިންޖީނު ފޯރުކޮށްދިނުމުން ލޯންޗް ފިނިޝިން ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިއިދާރާގެ ނަންބަރު (IUL)229-IED/229/2022/1 ( 09 ޖަނަވަރީ 2022 ) އިޢުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެފަރާތަކުން ކަމަށްވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދެނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ސުރުޚީގައި ދެންނެވިފައިވާ ލޯންޗް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ހަދައިދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 11 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއިދާރާ އަށެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލް އިދާރާގައި 18 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 10:30 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަދަންނަވަމެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އެބޭފުޅަކު މަޢުލޫމާތު ސާފްކުރަންވަން ވަޑައިގެންނެވީ ކޮންތަނެއް ތަމްސީލްކުރައްވަންކަން އެގިވަޑައިގަންނަވާނެ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ނުވަތަ ކޮންނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތްތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރ. އަތޮޅު ކައުންސިލް އިދާރާއަށް 38 ފޫޓްގެ ފައިބަރގުލާސްލޯންޗް ހަދައިދިނުންއެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580556، 6580562 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
04 ރަމަޟާން 1443