ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)428/1/2014/1
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 14 ސެޕްޓެންބަރު 2014 14:30
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

   މަޤާމް:                      ޕްރޮގްރާމް އޮފިސަރ

   ބޭނުންވާ އަދަދު:                3

   ރޭންކް:                     އެމް. އެސް 2

   ކްލެސިފިކޭޝަން :              ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

   މުސާރަ :                    -/6295 ރުފިޔާ

   ސަރވިސް އެލަވަންސް:           -/2000 ރުފިޔާ

   ވަޒީފާއޮތް އޮފީސް:               ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ، މާލެ

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:   ސްޓޭންޑަރޑް ޑިވެލޮޕްމަންޓް އެންޑް ކޮލިޓީ އެޝޫއަރެންސް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ، މާލެ                 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ބޭނުންވާ ދާއިރާތަކުގެ އޮކިއުޕޭޝަނަލް ޓާސްކް އޭނާލިސިސް ހެދުން.
  • ކޮމްޕިޓެންސީ ސްޓެންޑަޑްތައް ތައްޔާރުކުރުމަށް ބޭނުންވާ ޓެކްނިކަލް ޕެނަލްތައް އެކުލަވައިލައި، ސްޓެންޑާރޑްތައް ތައްޔާރުކުރުން.
  • ޓެކްނިކަލް ޕެނަލްގެ އެހީގައި ތައްޔާރުކުރެވޭ ކޮމްޕީޓެންސީ ސްޓެންޑަޑް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކަށާއި މޯލްޑިވްސް ކޮލިފިކޭޝަނަސް އޮތޯރިޓީއަށް ހުށަހަޅައިގެން ފާސްކުރުމުގެ މަސައްކަތުގައި އެހީވުން.
  • ޓެކްނިކަލް ޕެނަލްތަކުގެ މަސައްކަތް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  • ކޮމްޕިޓެންސީ ސްޓެންޑަޑް ލިޔުމުގެ ވާރކްސޮޕްތައް ރާވައި ހިނގުން.
  • އިންސްޓްރަކްޝަން މެޓީރިއަލް ތައްޔާރުކުރުމުގައި ލަފަޔާއި އިރުޝާދު ދިނުން.
  • ކޮމްޕިޓެންސީ ސްޓެންޑަޑާއި އިންސްޓްރަކްޝަން ހަދާ ފަރާތްތަކަށް ބޭނުންވާ ކޮންޓްރެކްޓްތައް އެކުލަވައިލުމުގައި އެހީތެރިވުން.
  • ސްޓޭންޑަޑްތަކަށް ތަމްރީނުދިނުމާއި މޮނިޓަރކުރުމާއި އެސެސްމަންޓާއި ސަނަދު ދޫކުރުމާގުޅޭ ކަންކަން ކުރުން.

ޝަރުޠު:                                                

އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.                      

އިންޓަރވިއުކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 23 ސެޕްޓެންބަރު 2014 އާއި 02 އޮކްޓޫބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީންނާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ( ހ. ވެލާނާގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރުން ލިބޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ/ ހ. ވެލާނާގޭގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3344077/3341313  ފޯނަށް ގުޅުން އެދެމެވެ. 

 

04 ސެޕްޓެންބަރު 2014