ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/1/2022/36
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި:
12 އޭޕްރިލް 2022 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިމްތިހާނު ކަރުދާސް ޗާޕުކުރާނެ މެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
(IUL)120-A/1/2022/36: ނަންބަރު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިމްތިހާނު ކަރުދާސް ޗާޕުކުރާނެ މެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
- އިމްތިހާން ކަރުދާސްތައް ޗާޕްކުރުމަށް، މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާ ސްޕެސިފިކޭޝަން ޝީޓާއި އެއްގޮތް، ޗާޕު މެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް، 2022 އޭޕްރީލް 05 ން 2022 އޭޕްރީލް 12 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު" (ލިންކު: https://forms.gle/BCmxsuVwPwVw4BaRA ) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 2022 އޭޕްރީލް 05 ން 2022 އޭޕްރީލް 11 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2022 އޭޕްރީލް 13 ވާ ބުދަ ދުވަހުގެ 11:00 ގައިމި ޑިޕާޓްމަންޓް ހިނގަމުންދާ ހ. އަސްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ޔުނިޓުގެ ފޯން: 4003967 /7912293 / 7533006އިންލިބިވަޑައިގަންނަވާނެއެވެ.
04 ރަމަޟާން 1443
05 އޭޕްރީލް 2022
05 އޭޕްރިލް 2022