ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)F14-HC/2022/03
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 14 އޭޕްރިލް 2022 11:00
މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ފައިބަރ ކޭބަލް އެޅުމަށް ބޭނުންވާ ކޯރުކޮނެ ކޭބަލް ވަޅުލާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސަރުކާރުގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަން އެއްވިއުގައަކުން ގުޅާލުން

              

           ބ.ފުޅަދޫ ސިއްހީ މަރުކަޒުން 06 އޭޕްރިލް 2021 ގައި ކުރި އިއުލާނު ބާތިލްކޮށް މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ބ.ފުޅަދޫ ކައުންސިލް އިދާރާއިން ފެށިގެން ބ.ފުޅަދޫ ސިއްހީ މަރުކަޒަށް ފައިބަރ ކޭބަލް އެޅުމަށް ބޭނުންވާ ކޯރުކޮނެ ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

           ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 އޭޕްރިލް 2022 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން ހުށައަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

           މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ސަރުކާރު ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރ 6600070 ފޯނަށް ގުޅުއްވުން އެދެމެވެ.

05 އޭޕްރިލް 2022