މަސައްކަތް
ނަންބަރު: (IUL)RS/1/2022/78
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި:
10 އޭޕްރިލް 2022 12:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލިފްޓްތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ލިފްޓްތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިސްކޫލަށް ލިފްޓްތައް ސަރވިސްކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)RS/1/2022/22 އިޢުލާނާ ގުޅިގެން ހުށަހެޅި ބީލަންތައް އިވެލުއޭޓް ކުރުމުގައި ބިޑްޑޮކިއުމަންޓަށް ބަދަލުގެންނަން ޖެހޭކަމަށް ފާހަގަކުރެވިފައިވާތީވެ،އެއިޢުލާން ބާތިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- މިސްކޫލުގެ 2 ލިފްޓް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މިޕުރޮޖެކްޓަށް ބީލަންހުށަހެޅޭނީ މިނިސްޓްރީ އޮފް އެކޮނޮމިކްސް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 05 އޭޕްރިލް 2022 ން 10 އޭޕްރިލް 2022 12:00 ގެ ކުރިން އިއުލާންގައި އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިމަސައްކަތާއިބެހޭ އެއްވެސް ސުވާލެއްވާނަ 11 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2022 އޭޕްރިލް 14 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
- އިއުލާނާއި އެކު މިމަސައްކަތުގެ ރެޖިސްޓްރީ ފޯމް އަދި ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރެހެންދި ސްކޫލް ފައިސާއާބެހޭބައި
ފޯން: 3359902، 3359900
އީ-މެއިލް: [email protected]
5 އޭޕްރިލް 2022
05 އޭޕްރިލް 2022