މަސައްކަތް
ނަންބަރު: (IUL)438-AU/1/2022/10
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 17 އޭޕްރިލް 2022 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ޓެކްނޯލޮޖީ ޑިޕާރޓްމަންޓް ހިގަނމުންދާ އެން.ސީ.އައި.ޓީ އިމާރާތް 1 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި ކުނިކަހާ ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ޓެކްނޯލޮޖީ ޑިޕާރޓްމަންޓް ހިގަނމުންދާ އެން.ސީ.އައި.ޓީ އިމާރާތް  1 އަހަރު ދުވަހުގެ މުއްދަތަށް  އަމިއްލަ ތަކެތީގައި ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެކަމަށް ސައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.  

 ވީމާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ މައުލޫމާތު ޝީޓުގައިގައި ބަޔާންކޮށްފައިވާ މައުލޫމާތައް ހުށަހަޅަންވާނެއެވެ.  

މި މިސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.

 ބީލަން ހުށަހަޅާނީ 17 އެޕްރީލް 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަ  އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  17 އެޕްރީލް 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2022 އެޕްރީލް 10 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

"Do not Open Before 17 April2022 at 1000hrs – “NCIT cleaning work – (IUL)438-AU/1/2022/10”

 

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)

 

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

05 އޭޕްރިލް 2022