ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2022-41
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 22:37
ސުންގަޑި: 07 އޭޕްރިލް 2021 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ޅ.ހިންނަވަރު)

މިކޯޕަރޭޝަންގެ ޅ.ހިންނަވަރު ޕްރޮޖެކްޓް ސައިޓުގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ހެވީ ވެހިކަލް އޮޕަރޭޓާރ

ބޭނުންވާ އަދަދު:

08 (އަށެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އޮފިސަރ - ގްރޭޑް 5

އަސާސީ މުސާރަ

މަހަކު -/6,500  ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2600ރ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޅ.ހިންނަވަރު ޕްރޮޖެކްޓް ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

- ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ C0 ފާސް އޮތުން. ނުވަތަ،

- ފޯކް ލިފްޓް، ވީލް ލޯޑަރ، އެކްސްކަވޭޓަރ އަދި ޑަމްޕުލޮރީ ދުއްވުމުގެ ލައިސަންސް އޮތުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސުޕަވައިޒަރު އަންގާގޮތުގެ މަތިން ވެހިކަލްތައް އޮޕަރޭޓުކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.

- ވެހިކަލްތަކުގެ ލޮގް ބެލެހެއްޓުން.

- ވެހިކަލްގެ މެއިންޓެންނަސް އާއި ގުޅޭ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

މަޤާމް:

 މޭސަން

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ -ގްރޭޑް 3

މުސާރަ:

މަހަކު 4500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

-   އެހެނިހެން އެލަވަންސް: 1800.00 ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޅ.ހިންނަވަރު ޕްރޮޖެކްޓް ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

- އަސާސީ ތައުލީމް ލިބިފައިވުމާއެކު އިމާރާތް ކުރުމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ލިބިފައިވުން.

- މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތް ކުރެވޭ ސިއްޙަތެއްގައި ހުރުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ރާނައި ސިމެންތި ޖެހުން.

- ޕްރޮޖެކްޓްގެ ޝެޑިއުލް އާއި އެއްގޮތްވާގޮތުގެ މަތިން ސިމެންތީގެ އެންމެހާ މަސައްކަތް ކުރުން.

- ޕްރޮޖެކެޓްގެ ސްޕަވައިޒަރު އަންގާ ޕްރޮޖެކްޓްގެ އެހެނިހެން މަސައްކަތް ކުރުން.

މަޤާމް:

 ލޮރީ ޑްރައިވަރ

ބޭނުންވާ ޢަދަދު:

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 1

މުސާރަ:

 މަހަކު -/5500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2200ރ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޅ.ހިންނަވަރު ޕްރޮޖެކްޓް ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

 ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް C1 ނުވަތަ  C2ފާސް އޮތުން

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސުޕަވައިޒަރު އަންގާގޮތުގެ މަތިން ވެހިކަލްތައް ދުއްވުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.

- ވެހިކަލްތަކުގެ ލޮގް ބެލެހެއްޓުން.

- ވެހިކަލްގެ މެއިންޓެންނަސް އާއި ގުޅޭ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 11 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

-   ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑަ އަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެމަޤާމަކާއި ގުޅޭ  ގޮތުން ލިޔުންތައް ހުށަހަޅަންޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

 މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރީލް މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                         03 ރަމަޟާން   1443

04 އޭޕްރިލް 2022